ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މުއާމަލާތުގައި ހާމަކަމެއް ނެތް، ޑޮލަރު ވަތް ތަނެއް ހޯދަންޖެހޭ: އަމްރު

އެސްޓީއޯގެ ކުރީއެމްޑީ ހުސެއިން އަމްރު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއާއި ސަރުކާރުން އިޢުލާނުކުރި ބޮޑެތި އެހެން މަޝްރޫއުތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ސާފުކޮށްދެމުން ނުދާކަމަށާއި، ދައުލަތުގެ ބާރުތައް އެއްކޮށްލުމުގެ ސަބަބުން ޖަވާބުދާރީކުރުވުމުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި އަމްރު ވިދާޅުވީ، މިހާރު ގާނޫނު ހަދާ ބާރާއި ގާނޫނު ތަންފީޒުކުރާ ބާރު އެކީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާއިރު، އެއްވެސް ފަރާތަކަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށެވެ. އަދި އޭގެ ސަބަބުން ހެޔޮ ވެރިކަމެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިއުލާނުކުރި މައިގަނޑު މަޝްރޫއުތައް ފާހަގަކުރައްވައި އަމްރު ވިދާޅުވީ، 8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށް، 3ޑީ ކުރެހުންތައް ދައްކައި އަދި ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ވާހަކަ ޝާއިޢުކުރުމަށްފަހު މާ ގިނަ ދުވަހެއް ނުވެ އެ ހަބަރު ނަގާފައިވާ ކަމަށެވެ. އަދި ޑިވެލޮޕްމަންޓް ބޭންކަކަށް 50 މިލިއަން ޑޮލަރު ހަރަދުކުރި ނަމަވެސް، އަދިވެސް އެ ބޭންކުގެ ދޮރު ނުހުޅުވޭކަމަށާއި، ރަސްމާލޭގައި އަޅާނެކަމަށް ބުނި ބިއްލޫރި ޓަނަލް ފަދަ ކަންކަމުގެ ވާހަކަ މިހާރު މުޅިން ހުއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ރަސްމާލެ ހިއްކުމަށް ދައުލަތުގެ ފައިސާއިން 700 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާކަމަށާއި، އެ ތަން މިހާރު ވިއްކާލާފައިވާކަމަށް ސަރުކާރުން ބުނަމުންދާ ކަމަށެވެ. ނަމަވެސް އެ ބިންތައް ވިއްކައިގެން ލިބުނު ފައިސާއެއް ރައްޔިތުންގެ އެކައުންޓަށް ވަދެފައި ނުވާކަމަށް އަމްރު ވިދާޅުވި އެވެ.

އެ ފައިސާ ވަން ނަމަ ޑޮލަރުގެ ރޭޓު 17 ރުފިޔާއަށް ތިރިވާންޖެހޭނެކަމަށް އަމްރު ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ޑޮލަރުގެ ރޭޓު ހުރީ 22 ރުފިޔާގައިކަމަށް ފާހަގަކުރައްވައި، ބިން ވިއްކައިގެން ލިބުނު ފައިސާ ވަން އެކައުންޓެއް ސާފުކޮށް ހޯދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަންކަން އިޞްލާހުކުރުމަށްޓަކައި އެމްޑީޕީގެ ކޮންގްރެސްއިން ނިންމި ނިންމުންތަކަކީ ވަރަށް މުހިންމު ނިންމުންތަކެއްކަމަށާއި، 2028 ވަނަ އަހަރު އުފެދިގެންދާނީ އެމްޑީޕީގެ ސަރުކާރެއްކަމަށް އަމްރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: