ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ މުޖުތަމައަކަށް ވެސް އެންމެ ފުރިހަމައަށް އިހުތިރާމް ކުރާނަން، މަސައްކަތްކުރަނީ މާލީ ގޮތުން ވަރަށް ހަރުދަނާ އުސޫލުތަކެއްގައި: އަލައްބާރު

އީގަލް ހިލްސްގެ ޗެއަރމަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްކުރާ ކޮންމެ މުޖުތަމަޢަކަށް އެންމެ ފުރިހަމައަށް އިޙްތިރާމް އަދާކުރައްވާނެ ކަމަށާއި އަބަދުވެސް ކުންފުނިން މަސައްކަތް ކުރަނީ މާލީ ގޮތުން ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ މަޝްރޫއުއާއި ގުޅިގެން އަލައްބާރު ވިދާޅުވީ އީގަލް ހިލްސްގެ އެ މަސައްކަތުގައި ވަރަށް އިތުބާރު ހުރި ބައިވެރިން ބައިވެރިވި ނަމަވެސް، އެ ކުންފުނީގެ މައިގަނޑު ހިއްސާދާރަކީ އޭނާ ކަމަށެވެ. އަމިއްލަ ކުންފުނިތަކުގެ ތަބީޢަތަކީ އެއީ ކަމަށް ވީނަމަވެސް، އެމީހުންގެ މަސައްކަތްތެރިކަމާއި، މަޝްރޫޢުތައް ފުރިހަމަކުރުމުގައި ކުންފުނީގެ ކާމިޔާބީއަށް ބަލާލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ މާލީ ޤާބިލުކަމާ މެދު ނުވަތަ އެއްވެސް ކަހަލަ ހިޔާލުތަފާތުވުމެއް އުފެދިފައިވާނަމަ އެކަމެއް ބައްލަވާލެއްވުމަކީވެސް އޭނާގެ އެދުމެއް ކަމަށެވެ. މަސައްކަތްކުރާ ކޮންމެ މުޖުތަމަޢަކަށް އެންމެ ފުރިހަމައަށް އިޙްތިރާމް އަދާކުރާކަން އެނގިވަޑައިގަންނަވާނެ ކަމަށާއި އަބަދުވެސް ކުންފުނިން މަސައްކަތް ކުރަނީ މާލީ ގޮތުން ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މަތިން  ކަމަށް އަލައްބާރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ވެފައިވާ ހުރިހާ ވަޢުދުތަކެއް ފުރިހަމައަށް އަދާކޮށްފައިވާނެ. އީގަލް ހިލްސް އަކީ ހަމައެކަނި ރިއަލް އެސްޓޭޓް ދާއިރާގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ކުންފުންޏެއް ނޫން. އަޅުގަނޑުމެންނަކީ ކާބޯތަކެތީގެ ސިނާޢަތުގައިވެސް ވަރަށް ބޮޑު ހިއްސާއެއް އޮތް ބައެއް. މެދުއިރުމަތީގެ އެންމެ ބޮޑު އެއް ކާބޯތަކެތި އުފައްދާ ކުންފުނި މިލްކުވެގެންވަނީ އަޅުގަނޑުމެންނަށް. މީގެ ތެރެއިން ’އެމެރިކާނާ ފުޑް‘ އަކީ އާންމުކޮށް ހިއްސާ ވިއްކާ ކުންފުންޏެއް. އޭގެ ފަންސާސް އިންސައްތަ ހިއްސާއަކީ އަޅުގަނޑުމެންގެ މިލްކެއް. މީގެ އިތުރުން، މެދުއިރުމަތީގެ އެންމެ ކާމިޔާބު އީ-ކޮމާސް ކުންފުނި ކަމަށްވާ ’ނޫން‘ (Noon) ގެ މައިގަނޑު ހިއްސާދާރަކީވެސް އަޅުގަނޑުމެން“

އޭނާ ވިދާޅުވީ އެކި ހިއްސާ އޮންނަ އެކި ކުންފުނިތަކުގެ މާލީ ތަފާސްހިސާބުތަކަށް ބެލުމުން މާލީ ވަރުގަދަކަން ސާފުވާނެ ކަމަށެވެ. އަލައްބާރު ވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކާއި އަދި އެކުންފުނިތަކުގެ ކާމިޔާބީތައްވެސް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން އޭނާ މަސައްކަތްކުރައްވާ ކޮންމެ ތަނެއްގައިވެސް އެތަނުގެ މުޖުތަމުއާއި އާދަކާދައަށް ފުރިހަމައަށް އިހުތިރާމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: