ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫޢު އިއުލާނުކުރި ފަހުން ޝައުގުވެރިކަން ފާޅުކުރަމުންދަނީ މުސްލިމުންނާއި އަރަބިން: އަލައްބާރު

އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ މަޝްރޫއު އިޢުލާނުކުރި ފަހުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށް ގުޅަމުންދާ ގިނަ މީހުންނަކީ މުސްލިމުންނާއި އަރަބިން ކަމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

”ސަންގު ޓީވީ“އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، އަލައްބާރު ވިދާޅުވީ މިއީ ލިބުނު ވަރަށް ހިތްހަމަޖެހޭ އަދި އުފާވެރި ޚަބަރެއްކަމަށާއި އެހެންކަމުން، ދިވެހިރާއްޖެއަށް އަންނާނީ ބޭރުގެ ބީރައްޓެހި ބައެއް ނޫންކަން ކަށަވަރު ވެއްޖެކަމަށެވެ.

މީގެ އިތުރުން ޤައުމެއްގެ ޤާނޫނުތަކަށް އަބަދުވެސް އިޙްތިރާމްކުރަން ޖެހޭނެކަމަށާއި ދުނިޔޭގެ 20 ޤައުމެއްގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން، އެ ޤައުމެއްގެ އުސޫލުތަކާއި ޤާނޫނުތަކަށް ބޯލެނބުމަކީ އޭނާގެ އާދަ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި އިޙްތިރާމްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާވަނީ ދެއްވާފައެވެ.

”މި މަޝްރޫއު އިޢުލާނުކުރި ފަހުން އަޅުގަނޑުމެންނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް ގުޅަމުންދާ ގިނަ މީހުންނަކީ މުސްލިމުންނާއި އަރަބިން. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ހިތްހަމަޖެހޭ އަދި އުފާވެރި ޚަބަރެއް. އެހެންކަމުން، މިތަނަށް އަންނާނީ ބޭރުގެ ބީރައްޓެހި ބައެއް ނޫންކަން ކަށަވަރު“ އަލްއައްބާރު

އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުންވަނީ ޢާންމު ގޮތެއްގައި ބަލާއިރު، ދުނިޔޭގެ ފެންވަރުގައި ރާއްޖެ ފަދަ ރިސޯޓުތަކަށް މީހުން ޒިޔާރަތްކުރަނީ ރާ ފަދަ ތަކެތި ބޭނުންކުރުމަށް ކަމެއް އޭނާއަށް ނޭނގޭކަމަށާއި އެހެން ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުތަކަށް އިޙްތިރާމްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި ބަނގުރަލާއި އަމަލުވާ ތަކެތި ބޭނުންކުރުން ހުއްޓާލާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާކަމަށާއި މާތްﷲގެ އިރާދަފުޅާއެކު، ގިނަ މީހުން މިހާރު ސިއްހަތަށް ވަރަށް ބޮޑަށް ސަމާލުކަންދޭކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: