ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުލި ނުދައްކާތީ ހުސްކުރަން އެންގި އަމާން ޓަވަރުތަކުން ކުލި ދައްކަން ފަށައިފި

އެފްޑީސީގެ އަމާން އުދަރެސް ޓަވަރުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ފްލެޓްތަކަށް ވަން ފަހުން އެއްވެސް ވަރަކަށް ކުލި ނުދައްކާ ހުރި ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން އެންގުމާ ގުޅިގެން ނޯޓިސް ލިބިފައިވާ ގިނަ ފަރާތްތަކަކުން ކުލި ދައްކަން ފަށައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ފްލެޓަށް ވަން ފަހުން ކުލި ނުދައްކާ ހުރި ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލްކުރުމަށް ފަހު، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް އަންގާފައެވެ. މީގެ އިތުރުން، ތަން ހުސްކުރަން އެންގި ދެ ފަރާތަށް އެފްޑީސީ ޕޯޓަލް އެކައުންޓުން ދީފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލައިފައެވެ.

އެ ދެ ފްލެޓް ހުސްކުރަން އެންގުމާ ގުޅިގެން، ކުލި ނުދައްކައިގެން މީގެ ކުރިން ނޯޓިސް ލިބިފައިވާ ގިނަ ފަރާތްތަކަކުން މިހާރު އަންނަނީ ކުލި ދެއްކުމަށް އެ ކުންފުންޏަށް ގުޅައި، ފައިސާ ދައްކަމުންނެވެ. ނޯޓިސް ފޮނުވާފައިވާ ގިނަ ފަރާތްތަކަކީ އެއް މަސް ނުވަތަ ދެ މަހުގެ ކުލި ނުދައްކައި ތިބި މީހުންނެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިދޭނެ ކަމަށެވެ.

އެފްޑީސީން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ޓަވަރުތަކުގައި ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓެއް އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: