ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ނިމުމުގެ ކުރިން 442 އޮޑިޓެއް ނިންމައި އާންމުކުރާން: އޮޑިޓް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ކޮވިޑް އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތްއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 442 އޮޑިޓެއް ފުރިހަމަކޮށް، އޭގެ ރިޕޯޓުތައް އާންމުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހާމަކޮށްފިއެވެ.

މި މައުލޫމާތު ހާމަކޮށްފައިވަނީ އޮޑިޓް އޮފީހުގެ މި އަހަރުގެ ބަޖެޓާއި މަސައްކަތްތަކާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި ތަފާސްހިސާބުތަކުގައެވެ.

އޮޑިޓް އޮފީހުން ހާމަކުރި ގޮތުގައި މި އަހަރުގެ މިހާތަނަށް 183 އޮޑިޓެއްގެ މަސައްކަތް ނިންމައި އޭގެ ރިޕޯޓުތައް ވަނީ ޝާއިއުކޮށްފައެވެ.

މިހާތަނަށް ނިންމައި އާންމުކުރި ރިޕޯޓުތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 62 އޮޑިޓަކާއި، ސަރުކާރުގެ ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ 35 އޮޑިޓެއްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 34 އޮޑިޓެކެވެ.

މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ކުރިއަށްގެންދާ މަސައްކަތްތަކަށް އަލިއަޅުވާލަމުން އެ އޮފީހުން ބުނީ، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 259 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާރު ފަށާފައިވާ ބައެއް މަސައްކަތްތަކުގެ ތެރެއިން 120 އޮޑިޓެއްގެ މަސައްކަތް ނިންމައި ރިޕޯޓު ނެރެވޭނީ އަންނަ އަހަރުގެ ތެރޭގައެވެ.

މީގެ އިތުރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ޕްލޭނާ ގުޅޭގޮތުން އޮޑިޓް އޮފީހުން ފާހަގަކުރީ، އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 394 އޮޑިޓެއްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: