ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ވިއްކުމުގައި ގަވާއިދާ ހިލާފުވުމުން އެމްއެސް ފައިނޭންސް ބައި މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

މީހަކު ޑޮލަރުތަކެއް ގެންގުޅެނީ -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާ ގަނެވިއްކުމުގެ ގަވާއިދާ ހިލާފުވުމާ ގުޅިގެން ”އެމްއެސް ފައިނޭންސް“ 500,000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ތަނަށް ދޫކޮށްފައިވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިފަހައްޓައިފިއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި އެ އިދާރާއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ނަމަ، ގާނޫނުގެ ދަށުން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ބޭރު ފައިސާ ގަނެވިއްކުމުގެ އެންމެހައި މުއާމަލާތްތައް ހިންގުމުގައި ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށް ވެސް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި ހާއްސަ ޓާސްކުފޯހެއް މިހާރު ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ނަންބަރެއް ވެސް ކަނޑައަޅާފައިވާ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

އެ އޮތޯރިޓީން އިތުރަށް ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅަމުން ގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: