ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އިދާރާތަކުގައި ހުޅުޖެހުމަށް ހިތްވަރުދން ޒިހާން ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ފޭސްބުކްގައި ލިޔުނު ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ހައްޔަރުކޮށްފިއެވެ.

ޒިހާންގެ ފޭސްބުކްގައި އޭނާ ވަނީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ހިތްވަރުދީ ޕޯސްޓުކޮށްފައެވެ. ޒިހާން ލިޔުނު އެ ޕޯސްޓު އޭނާ ވަނީ ފަހުން ޑިލީޓުކޮށްފައެވެ.

އެ މައްސަލަ ފުލުހުން ބަލަން ފެށިއިރު މިއަދު އޭނާ ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ޒިހާން ހައްޔަރުކުރީ އުފަން ރަށް ފުވައްމުލައް ސިޓީންނެވެ. ހުޅުޖެހުން ފަދަ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ.

އޭނާ ވަނީ މީގެކުރިން އެމްއެންޑީއެފްގައި ވެސް މަސައްކަތްކޮށްފައެވެ. އެމްއެންޑީއެފްގެ ނޭވަލަ އާކިޓެކްޓެއްގެ މަގާމުގައި ޒިހާން ހުއްޓައި އޭނާ މަގާމުން ވަކިކުރީ އެމްޑީޕީ ސަރުކާރުގައި 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: