ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ގަރާރެއް

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ މަސްމާރުކޭޓާއި ސަލްޓަން ޕާކު އަދި ރަސްފަންނު ހިމެނޭހެން 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

މެންބަރު މީކާއިލް ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވަނީ ސަރުކާރުން އެ ބިންތައް ނަގަން ނިންމާފައިވަނީ ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ އެކަށީގެންވާ އެއްވެސް ތަފްސީލެއް ހާމަކުރުމެއް ނެތި އަދި ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ މި ފިޔަވަޅަކީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް، ކައުންސިލްތަކުގެ ގާނޫނީ ބާރުތައް ހަނިވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރަށް ނެގުމަށް ކަނޑައަޅާފައިވާ ބިންތަކަކީ ސިޓީ ކައުންސިލަށް އާމްދަނީ ލިބެމުންދާ ތަންތަން ކަމަށްވުމުން، އެ ނިންމުމުގެ ސަބަބުން ކައުންސިލްގެ މާލީ މަންފާތަކަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކޮށްފައެވެ.

މި މައްސަލައިގައި ސަރުކާރުގެ ނިންމުން ހުއްޓުވުމަށްޓަކައި ކޯޓު އަމުރަކަށް އެދުމަށާއި، މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން މި ނިންމުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ދީފައިވާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީކޮށް އިއުތިރާޒު ހުށަހެޅުމަށް ސިޓީ ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: