ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މޯލްޑިވްސް ފައިނޭންސް ފޯރަމް“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ”މޯލްޑިވްސް ފައިނޭންސް ފޯރަމް“ ގެ 13 ވަނަ ބުރުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ގައި، ދުސިތް ޑީ2 ފޭދޫ މޯލްޑިވްސްގައެވެ. މިއަހަރުގެ ފޯރަމްގެ ޝިއާރަކީ ”ގްރީން ފައިނޭންސް: އަންލޮކިން ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް“ އެވެ.

މި ފޯރަމުގައި ރާއްޖޭގައި އިތުބާރު ހިފޭ ތިމާވެއްޓާ ރައްޓެހި މާލީ ވެއްޓެއް (ގްރީން ފައިނޭންސް މާކެޓް) ބިނާކުރުމާއި، ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން މާލީ ވަސީލަތްތައް ބައްޓަންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ. ހަމައެއާއެކު އަވިންނާއި ވައިން ހަކަތަ އުފެއްދުމުގެ ދާއިރާއަށާއި، މޫސުމީ ނުރައްކާތަކުން ރައްކާތެރިވެވޭނެ ފަދަ އުމްރާނީ ތަރައްގީއަށާއި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ބިނާވެފައިވާ ނޫ އިގްތިސާދަށް އިންވެސްޓްމަންޓްތައް ހޯދޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަކީ މިހާރު ދުނިޔޭގެ މާލީ ބާޒާރުތަކުގައި ބޮޑު ނުރައްކަލެއްގެ ގޮތުގައި ބަލަމުން އަންނައިރު، ދުނިޔޭގެ އެކި ގައުމުތަކަށާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ފައިސާ ހޯދުމުގެ އުސޫލުތައް އަންނަނީ ބަދަލުވަމުންނެވެ.

ޕެންޝަން އޮފީހުން ފާހަގަކުރާ ގޮތުގައި، ޕެންޝަން ފަންޑުގައި ބައިވެރިވާ މެންބަރުންގެ މުސްތަގުބަލުގެ މާލީ ރައްކާތެރިކަން ސީދާ ގޮތެއްގައި ގުޅިފައިވަނީ، ގައުމުގެ އިގްތިސާދަކީ ލޮޅުންތަކަށް ތައްޔާރުވެފައިވާ ދެމެހެއްޓެނިވި ނިޒާމަކަށް ވުމާއި، ފައިދާހުރި ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް ގާއިމުވުމުގެ މައްޗަށެވެ. މި ފޯރަމަކީ މާލީ ދާއިރާގެ އިސް ބޭފުޅުންނާއި ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ އެހީގައި ރާއްޖެއަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ބައިވެރިންނަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

މި ފޯރަމަކީ ގައުމީ އަދި ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއި، މާލީ ދާއިރާގެ އިސްފަރާތްތަކާ ހިޔާލު ބަދަލުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ފަހިވެފައިވާ އައު ފުރުސަތުތައް ދެނެގަތުމަށް ބައިވެރިންނަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ފޯރަމްގެ ވެބްސައިޓް www.financeforum.mv މެދުވެރިކޮށް މިހާރު ރެޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: