ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމާއެކު މުހިންމު 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ވެރިރަށް އިސްލާމްއާބާދުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޕާކިސްތާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސްޕާކިސްތާނަށް ވަޑައިގަތުމުން ޕާކިސްތާނުން ވަނީ އެމަނިކުފާނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ގެކޮޅުގައި ވެސް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮތެވެ.

މިއަދު ސޮއިކުރެވުނު 20 އެއްބަސްވުމާއި ފަހުމުނާމާގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް ވެވުނު އެއްބަސްވުން ފާހަގަކުރެވެއެވެ.

މީގެއިތުރުން ސިއްހީ ދާއިރާ، މަތީ ތައުލީމާއި ދިރާސާ، ދިފާއީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. އަދި ދެ ގައުމުގެ ގާނޫނުހަދާ މަޖިލިސްތަކުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކޮށްފައެވެ.

މާދަމާގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު އެ ގައުމަށް ވަޑައިގެންފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިއަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މިއީ ތާރީޚީ ގޮތުން ވެސް ފާހަގަކޮށްލެވޭ ވަރަށް މުހިންމު ދަތުރުފުޅެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: