ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމުގެ ޖަމްއިއްޔާ (ސާކް) ގެ ސަމިޓް ބޭއްވުމަށް ބޭނުންވާ މާހައުލު ގާއިމުކުރުމަށްޓަކައި، އެ ޖަމްއިއްޔާގެ ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި، ދެ ގައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ފަހު ދެއްވި ރަސްމީ ބަޔާނުގައެވެ.

ސާކްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކޮށް، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ސާކްގެ އަގާއި އެ ޖަމްއިއްޔާގެ ބޮޑު ގާބިލުކަން ރާއްޖެއިން ފުރިހަމައަށް ގަބޫލުކުރާ ކަމަށެވެ. އަދި އެންމެ އަވަސް ފުރުސަތެއްގައި ސާކް ސަމިޓް ބޭއްވުމަށް މަގުފަހިކުރުމަށް މެންބަރު ގައުމުތަކާއެކު މަސައްކަތްކުރަން ރާއްޖެ ތައްޔާރަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައިގެން މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށާއި އަމިއްލަ ނިންމުންތައް ނިންމުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ހައްގަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

މީގެއިތުރުން، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ މި ދަނޑިވަޅުގައި މަޝްވަރާއާއި ހަމަނުޖެހުންތައް ފިނިކުރުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޕާކިސްތާނުން އިސްނަގައިގެން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ރައީސް ތައުރީފުކުރެއްވިއެވެ.

ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި 60 އަހަރު ދުވަހު ޕާކިސްތާނު ދެމިއޮތީ ރާއްޖޭގެ އިތުބާރު ހިފޭ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ. މި ގުޅުމުގެ ބަދަހިކަން ބިނާވެފައިވަނީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ އެކުވެރިކަމާއި، ދީނީ އެއްބައިވަންތަކަމާއި، އިލްމީ ގޮތުން ބަދަލުކުރެވޭ ކަންކަމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، އެއްބާރުލުމުގެ އާ ދޮރުތައް ހުޅުވިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށާއި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުން އަދާކުރެއްވި ހޫނު މެހެމާންދާރީއަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: