ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލަށް ދޭން ޖެހޭ 74 މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓް ސަރުކާރުން ކަނޑާލައިފި: މޭޔަރު

މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ކައުންސިލުގެ 5 ވަނަ ދައުރުގެ 18 ވަނަ އާންމު ޖަލްސާގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ދޭން ޖެހޭ 74 މިލިއަން ރުފިޔާ ކަނޑާލާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، ބަޖެޓުގައި ހިމަނާފައިވާ މި ފައިސާ ކަނޑާލާފައިވަނީ ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަކީ ރައްޔިތުންނަށް ބޮޑެތި ހިދުމަތްތަކެއް ދެމުން އަންނަ ތަނެއްކަން ފާހަގަކުރައްވައި، ބަޖެޓް ކަނޑާލުމަކީ ރައްޔިތުންނަށް ކުރާ ޖެއްސުމެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ބަޖެޓް ހުރި މިންވަރަކުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ބަޖެޓް ކަނޑާލުމުގެ ސަބަބުން ކައުންސިލުން ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ގާބިލް މީހުން ވަޒީފާއަށް ނެގުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފަ އެވެ. އަދި އޭގެ ސަބަބުން ކައުންސިލްގެ އާންމު މަސައްކަތްތައް ހިންގުމަށް ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމާ ގުޅިގެން، އެ ތަންތަނުން ލިބެމުންދިޔަ އާމްދަނީ ބަންދުވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ކައުންސިލަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވަސީލަތް ކަމަށްވާ ވެހިކަލް ފީ ކަނޑާލުމުން ކުރިމަތިވި މާލީ ދަތިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި މާލީ ދަތިތަކުގެ ސަބަބުން ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި، މި މައްސަލަ މިހާރު ފިނޭންސް މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ކުރިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހައި ކަންކަން ގާނޫނުގެ ދަށުން މިހާރު ހަވާލުކޮށްފައިވަނީ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ އެވެ. އެހެންކަމުން، ކުރިން ކައުންސިލަށް ލިބެމުންދިޔަ ވެހިކަލް ފީގެ އާމްދަނީ ދެން ޖަމާވާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ގާނޫނުން އުފައްދާ ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: