ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭ މަޝްރޫޢު ނުހުއްޓުވިއްޖެނަމަ، ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެ އަތުން ގެއްލިދާނެ: އިމްރާނު

ޢިމްރާން ޢަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢު ނުހުއްޓުވިއްޖެނަމަ، އަންނަން އޮތް ޖީލުތަކާ ހަމައަށްދާއިރު ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެ އަތުން ގެއްލިގެން ހިނގައިދާނެކަމަށް ވިދާޅުވެ ޢަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިމްރާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލޭގައި މިހާރު ރޭވެމުންދާ ކަންކަން ނުހުއްޓުވިއްޖެނަމަ ކުރިމަތިވާނެ ނުރައްކާ ބޮޑު ކަމަށެވެ. އަދި ޤައުމު އަޅުވެތިވުމުގެ ސަބަބަކަށް މިހާރުގެ ޖީލު ނުވުމަށް އެދިވަޑައިގެން، މި މަޝްރޫޢާ ދެކޮޅަށް ތެދުވުމަށް ދިވެހި ރައްޔިތުންނަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

”ރަސްމާލޭގައި ހިންގުމަށް މިހާރު ރޭވެމުން އެދާ ކަން ކަން ނުހުއްޓި ކުރިޔަށް ހިނގައްޖެ ނަމަ އަޅުގަނޑުމެންގެ ދަރިންގެ ދަރިންނާއި ޖެހޭއިރު މިރާއްޖޭގެ ކަން ކަން ނިންމުމުގެ ބާރު ދިވެހިންގެ އަތުން ގެއްލޭނެ. މި ގައުމު އަޅުވެތި ކުރުމުގެ ސަބަބަކަށް އަޅުގަންޑުމެން މި ޖީލު ނުވަމާތޯ؟“ އިމްރާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް، ރަސްމާލެ މަޝްރޫޢުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށާއި، މި މަޝްރޫޢު ކުރިއަށްދާނީ ރާއްޖޭގެ ޤައުމީ އައިޑެންޓިޓީއާއި އިޖްތިމާޢީ ފޭރާމަށް ފުރިހަމައަށް ރައްކާތެރިވެގެން ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. ”ދަ ޕަލްސް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޕްރޮޕަޓީ ގަތުމުގައި ބޭރުގެ ފަރާތްތަކަށް ޚާއްޞަ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އިޒްރޭލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޕަޓީއެއް ހޯދުމާއި ގަތުން ޤާނޫނުން މުޅިން މަނާވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މި މަޝްރޫޢުން މިހާރުވެސް ޕްރޮޕަޓީ ގަތުމަށް އެންމެ ބޮޑު ޝައުޤުވެރިކަމެއް ފާޅުކުރަމުންދަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ނުވަތަ ޢަރަބި އިސްލާމީ ޤައުމުތަކުން ކަމަށެވެ. އަދި ރަސްމާލެއިން ވިއްކާ ޕްރޮޕަޓީތަކުގެ އަގުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، 1,000 އަކަފޫޓުގެ ޕްރޮޕަޓީއެއް ވިއްކަނީ ގާތްގަނޑަކަށް 600,000 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 9.2 މިލިއަން ރުފިޔާ) ކަމަށާއި، މިއީ ރާއްޖޭގެ މެދުފަންތިއާއި މަތީފަންތީގެ މީހުންނަށް ގަނެވޭނެ އަގެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: