ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ވާނީ ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ބިންގަލަކަށް: ރައީސް

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ވާނީ ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ހަރުދަނާ ބިންގަލަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ބެޗުގެ ތަމްރީނުތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ތަމްރީނުތަކުގައި ބައިވެރިވާ ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ ޖުމްލަ 352 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ.

ތަމްރީނުގެ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން ގިނަ އަދަދެއްގެ ޒުވާނުން މި ތަމްރީނުގައި ބައިވެރިވާކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ބައިވެރިންނަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެއްވާފައެވެ.

ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ.

މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަޚްލާޤާއި ސުލޫކު އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ފެށި މި ޤައުމީ ހަރަކާތުގެ މައިގަނޑު އަމާޒަކީ ޒުވާނުންގެ ކިބައިގައި އިސްލާމީ ރިވެތި އަޚްލާޤާއި ޤައުމީ ލޯބި އަށަގެންނެވުމެވެ. އަދި ކުރިމަގުގައި ފަންނީ އިތުރު ދާއިރާތަކާއި އިންޓަރންޝިޕްގެ ފުރުޞަތުތައް ވެސް މި ޕްރޮގްރާމުގެ ތެރެއިން ތަޢާރަފުކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. މިހާތަނަށް މި ހަރަކާތުގެ އެކި ބުރުތަކުގައި 1,000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: