ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ދޫކުރާ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޒުވާން ވިޔަފާރިވެރިން އުފައްދައި، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ ”ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ“ ގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަތުން މިއަދު ހުޅުވާލައިފިއެވެ.

މި ފައިނޭންސިންގ ފެސިލިޓީއަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ މަގަކުން ފޯރުކޮށްދިނުމުގެ މާތް މަގުސަދުގައި އެކުލަވާލާފައިވާ ހާއްސަ ފުރުސަތެކެވެ.

އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން ދޫކުރާ މި ފައިނޭންސިންގގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި އަދި އަމިއްލަ ޖީބުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކަށް 7 އިންސައްތައިގެ ކުޑަ ފައިދާ ރޭޓެއްގައި ދޫކުރާ މި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 5 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާނެއެވެ.

މި ފިޔަވަހީގެ ދަށުން ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދީ، ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމަށްޓަކައި އޮންލައިން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. މިގޮތުން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައެޅިފައިވާ ޖުމްލަ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް (BML Swipe App) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އަލަށް ތައާރަފު ކުރި މި ފައިނޭންސިންގގެ ފުރަތަމަ ފިޔަވައްސަށް އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އަދި މިފަދަ ފުރުސަތުތަކަކަށް ދިވެހި ޒުވާނުން ނުހަނު ބޮޑަށް ބޭނުންވެފައިވާކަން ހާމަވެގެންދިޔަ ކަމަށާއި، ޒުވާނުން އެދޭފަދަ މަސައްކަތްތައް ފެށުމުގެ ފުރުސަތު މި ފައިނޭންސިންގ މެދުވެރިކޮށް ފަހިކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކާމިޔާބުކަމާއެކު ނިންމާލެވުނު މި ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: