ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުން ޑޮލަރު ބަލައިގަނެވޭނެ ޕޭމަންޓް ގޭޓްވޭއެއް ތަޢާރަފުކޮށްފި

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ތަޢާރަފުކުރުމަކީ ރާއްޖޭގެ ވިޔަފާރިތަކުގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ޚިދުމަތަކީ ދިވެހި ވިޔަފާރިތަކުން ބޭރު ދުނިޔެއަށް ވިއްކާ މުދަލާއި ޚިދުމަތްތަކުގެ އަގު ޑޮލަރުން ފަސޭހަކަމާއެކު ރާއްޖެއަށް ގެނެވޭނެ އަދި ބަލައިގަނެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުގެ ދަށުން ތަޢާރަފުކުރެވުނު ޚިދުމަތެކެވެ. ބީއެމްއެލްއިން މި ޚިދުމަތް އިފްތިތާޙުކޮށްފައިވާއިރު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.

އިޤްތިޞާދީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުން ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ނިޒާމެއް ޤާއިމުވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ޚިދުމަތުގެ ސަބަބުން ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ދިވެހި އުފެއްދުންތަކަށާއި ޚިދުމަތްތަކަށް ޑޮލަރުން ފައިސާ ދެއްކުމުގެ ދޮރު ފަހިވެގެންދާނެއެވެ.

މިއީ ވަކިން ޚާއްޞަކޮށް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ފްރީލާންސަރުންނާއި، ފަންނުވެރިން އަދި ކުދި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި މުޢާމަލާތްކޮށް، އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ލިބޭ ފައިސާ ޖަމާވާނީ އެ ވިޔަފާރިއެއްގެ ޔޫއެސް ޑޮލަރު އެކައުންޓަށެވެ. އަދި އެ އެކައުންޓަށް ދޫކުރާ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން ބޭރުގެ އެކި މުޢާމަލާތްތަކަށާއި، ބައިނަލްއަޤްވާމީ ސަބްސްކްރިޕްޝަންތަކަށް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މިކަމުގެ ސަބަބުން ބޭރުން މުދާ އެތެރެކުރުމަށާއި، ވިޔަފާރިއަށް ބޭނުންވާ ސޮފްޓްވެއަރ އަދި ޑިޖިޓަލް ވަސީލަތްތަކަށް ފައިސާ ދެއްކުމުގައި ކުރިމަތިވާ ޑޮލަރުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އިޤްތިޞާދީ ވުޒާރާއިން ސިފަކުރި ގޮތުގައި މިއީ ބައިނަލްއަޤްވާމީ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހި ޒުވާނުންނާއި ވިޔަފާރިވެރިން ސާބިތުވެ ތިބުމަށް ލިބިގެންދިޔަ މުހިންމު ބާރެކެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބޭންކް އޮފް މޯލްޑިވްސް އަދި ބީސީސީ ގުޅިގެން ފެށި މި މަޝްރޫޢަކީ ދިވެހި ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

އެ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ދިވެހި ޒުވާނުންނާއި، އުފެއްދުންތެރިން އަދި ވިޔަފާރިތައް ބާރުވެރިކުރުވުމަށާއި، ބައިނަލްއަޤްވާމީ ވާދަވެރި މާކެޓުގައި ދިވެހިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: