ޖިންސީ ގޯނާގެ ތުހުމަތެއްގައި ހައްޔަރުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޝާހިދު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޖިންސީ ގޯނާގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ އެއްވެސް ހަގީގަތެއް ނެތް، ސާބިތު ނުހިފޭ ދޮގު ވާހަކަތައް ނުފެތުރުމަށް އެންމެހާ ފަރާތްތަކުގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

