އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައިކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު، އަދި އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.
ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ.
2028 ގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޓިކެޓަށް ކެމްޕެއިން ވެސް ކުރައްވަމުން ގެންދަވާ ޝާހިދުވެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ފެންމަތިވީ މިރޭގެ ވަގުތެއްގަ އެވެ. އަދި ޝާހިދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ގެ ބަލާ ފާސް ކުރުމަށް ފަހު އެވެ.
ފުލުހުން މީޑިއާތަކަށް ބުނީ، ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ބުނީ، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހައްޔަރުކުރަން އުޅޭކަމުގެ އަޑުތަކަައި އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއްކަމަށެވެ. އަދި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވިދާޅުވި އެވެ.

