ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 1850 އަށް އިތުރުވެއްްޖެއެވެ.
މި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީނއެޖެންސީން ބުރާސްފަތިވިލޭރޭ ބުނީ، ބުދަދުވަހު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއެކު ޖުމްލަ ޢަދަދު 1850 އަށް އިތުރުވެފައިވާކަމަށެވެ.
މި ގޮތުން ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ، 09 މީހުންކަމަށާއި، އެއީ 07 ދިވެހިންނާއި، ބަންގްލަދޭޝްގެ 02 މީހުންކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
https://twitter.com/HPA_MV/status/1268226416077873154?s=19
ކޮވިޑް-19 އަށް ބުދަ ދުވަހު 09 މީހުން ޕޮޒިޓިވްވެފައިވާއިރު، މިއީ ފަހަކަށްއައިސް އެންމެ މަދުން ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ދުވަސްކަން ވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި ކޮންމެ ދުވަހަކުވެސް މަދުވެގެން 50 ވަރަކަށް ކޭސް ފެންނަމުންދިޔަކަން ވެސް ފާހަގަކޮށްލެވެއެވެ.

