ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފި

ހެލެތް މިނިސްޓަރ އަބްދުﷲ އަމީޏް އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައި އަމަލު ކުރަން ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި ގަވާއިދުގެ މަގުސަދަކީ  އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތާއި ފުރާނަ ރައްކައުތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވުމުން ޢަމަލުކުރާނެ ގޮތާއި، އެ ހާލަތުގައި ނެރޭނެ އަމުރުތައް ބަޔާންކުރުމެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މުޢާހަދާތަކުގެ ދަށުން އަންގަންޖެހޭ ފަރާތްތަކަށް އަންގަންވާނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ދިވެހިރާއްޖޭގައި އާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތެއް މެދުވެރިވެދާނެ ކަމަށް، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ޞިއްޙަތާއި ފުރާނަ ރައްކައުތެރި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ޑިރެކްޓަރ ޖެނެރަލަށް ލަފާދިނުމަށާއި، އެފަދަ ހާލަތެއް މެދުވެރިވެފައިވާ ދަނޑިވަޅެއްގައި ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑިރެކްޓަރ ޖެނެރަލަށް އެހީތެރިކަން  ފޯރުކޮށްދިނުމަށްޓަކައި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓ އެއް އެކުލަވައިލުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނާނުނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު ގާނޫނަށް އަމަލު ކުރަން ފެށިތައް އެތައް ދުވަހެއް ފަހުން ހަދާފައިވާއިރު އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ޞިއްޙަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅުކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެ ކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލަށް ޤަބޫލު ކުރެވިއްޖެ ހިނދެއްގައި، އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް އިޢުލާނު ކުރުމަށާއި، އެ އިޢުލާނުގައިވާ އަންގައިފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ހިނގާނެ ސަރަޙައްދަކ ކޮބައިކަން ކަނޑައަޅައި، އިޢުލާނު ކުރުމަށް ވަޒީރަށް ލަފާދެވިދާނެއެވެ.

ަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުތައް އާންމު ކުރަން ވާނެއެވެ. އަދި މިފަދަ އެންގުމެއް ރައްދުވަނީ ވަކި ފަރާތަކަށް، ނުވަތަ ވަކި ތަނަކަށް ނަމަ، އެ ތަނެއްގެ ވެރިފަރާތަށް، ނުވަތަ އެ ތަނެއް ހިންގުމާ ހަވާލުވެހުރި ފަރާތަށް، ނުވަތަ އެ ތަނެއްގައި ދިރިއުޅެމުންދާ ފަރާތަށް، އެ އަމުރު ފޮނުވަންވާނެއެވެ. މިފަދައިން މިފަދައިންމުކުރާ އަމުރެއްގައި، އާންމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ގޮތުންނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދާ ޚިލާފަށް އެއްވެސް މަޢުލޫމާތެއް ހިމަނައިގެން ނުވާނެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން  އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައި އަމަލު ކުރަން ފަށާފައި މިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގަވާއިދެއް ނެތް ކަމުގެ ވާހަކަ ގިނަބަޔަކު ފާހަގަ ކުރަމުން ދަނިކޮށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: