ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ހުއްދައަށް އެދި ހުށަހަޅާފައިވާނަމަ އެ ފޯމެއް ޕްރޮސެސް ކުރާނީ މިނިސްޓްރީއިން: ވިސާމް

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރީގެ ހުއްދައަށް އެދި މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ފޯމު ހުށަހަޅާފައިވާނަމަ، އެ ފޯމެއް ޕްރޮސެސް ކުރާނީ މިނިސްޓްރީއިން ކަމަށާއި ފުލުހުންގެ ޕޯޓަލްއަށް ހުއްދަތަކަށް އެދޭނީ އަލަށް ހުށަހަޅާ ފާސްތަކަށް ކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިސާމް ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން ޕްރައިވެޓް ކުންފުނިތަކުން، އޮފީސްތައް ހުޅުވުމަށް އެދޭ ހުއްދަތަށް ހުށަހަޅާނީ ފުލުހުންގެ ޕޯޓަލްއަށް ކަމަށެވެ. ވިސާމް ވިދާޅުމީ މީގެ ކުރިން މިނިސްޓްރީއަށް ހުއްދައަށް އެދިފައި ހުރި ފަރާތްތަކުން އަލުން ފޯމުތައް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. އަދި މިހާތަނަށް ލިބިފައި ހުރި ފޯމުތައް ޕްރޮސެސް ކުރުމަށްފަހު ހުއްދަތައް ދޫކުރަމުން ގެންދާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވި މީގެ ކުރިން، ފިހާރަތައް ނުވަތަ ވަކި ވަކި ވިޔަފާރިތަކުން މުދާ ވިއްކާނަމަ އެކަން ހުށަހެޅުން އޮތީ ސިޓީ ކައުންސިލަށް ކަމަށެވެ. އެހެން ނަމަވެސް އެ އުސޫލަށް ވެސް ބަދަލު ގެނެސް ދެން އެކަމުގެ ހުއްދަތަކަށް އެދެންޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށް ވިސާމް ވިދާޅުވިއެވެ. އަދި އޮންލައިންކޮށް އޯޑަރުކޮށް ތަކެތި ޑެލިވާރ ކުރުމުގެ ހިދުމަތް ދޭނަމަ ކެފޭ، ރެސްޓޯރަންޓުތަކާއި މޯބައިލް ފޯން އަދި އިލޮކްޓްރޯނިކް ސާމާނު ވިއްކާ ތަންތަން އަދި ފޮތީގެ އެކި ބާވަތްތަކާއި އަންނައުނު އަދި ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ކަމަށެވެ. ވިސާމް ވިދާޅުވީ މި ކެޓަގަރީތަކަށް ފެތޭ ވިޔަފާރިތަކުން ޑެލިވަރީގެ ކުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ފުލުހުންގެ ޕޯޓަލްއަށް ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މުދާ ކްލިއާ ކުރާ އެޖެންޓުން އަދި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރާ ވިޔަފާރިތައް އަދި ފޯނު ލެޕްޓޮޕް ފަދަ ތަކެތި މަރާމާތު ކުރާ ވިޔަފާރިތަކަށް ވެސް ހުއްދަތައް ދޫކުރަމުން ގެންދާކަން ވިސާމް ވަނީ ފާހަގަ ކުރައްވާފައެވެ.

ވިސާމް ވިދާޅުވީ މުވައްޒަފުންނަށް ހުއްދަތައް ދޫކުރަނީ މުވައްޒަފުންގެ އަދަދަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން މުވައްޒަފުންގެ އަދަދު 10 އަކުން މަދުނަމަ ހުއްދަ ދޭނީ 02 މީހަކަށް ކަމަށާއި، މުވައްޒަފުންގެ އަދަދަކީ 10 އާއި 30 އާ ދެމެދު ނަމަ 05 ހުއްދަ ދޫކުރެވޭނެ ކަމަށެވެ. އަދި މުވައްޒަފުންގެ އަދަދު 30 އަށް ވުރެ ގިނަނަމަ އޮފީހަށް ނިކުތުމުގެ ހުއްދަތައް ދޫކުރާނީ އެ އަދަދެއްގެ 20 އިންސައްތަ މުވައްޒަފުންނަށް ކަމަށެވެ. އެހެން ނަމަވެސް ދަތިތަކެއް އަންނަކަމުގައި ވާނަމަ އެކަން އެންގުމުން ހާލަތަށް ބެލުމަށްފަހު ހުއްދަތަށް އިތުރު ކުރެވޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

އެއާއި އެކު މުވަޒަފުންނަށް ހުއްދަތައް ދޫކުރާއިރު ހުއްދަ ދޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށްކަން ވިސާމް ފާހަގަ ކުރެއްވިއެވެ. އަދި ބިދޭސީއެއް ނަމަ ލިޔެކިޔުން އޮތްތޯ އާއި އެމްޕްލޯއިމެންޓްގެ އެޕްރޫވަލް ނަމްބަރު އޮތްތޯ ބަލާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: