ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމަރަފުށި އަދި ފޮނަދޫގައި ޓޫރިސްޓު ހޮޓާ ހިންގާނެ ފަރާތްތަކެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި

ރާއްޖެއައި ފަތުރުވެރިންތަކެއް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ފޮނަދޫ އަދި ތ. ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން އާންމުކުރި އިއުލާނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިމަރަފުށީގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ހަމަޖެހިފައިވަނީ 26,480.67 އަކަމީޓަރުގެ ބިމެކެވެ.

މީގެ އިތުރުން ފޮނަދޫގައި ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެއީ 32،129 އަކަފޫޓުގެ ބިމަކާއި، 26،736 އަކަފޫޓުގެ ބިމެއްގެ އިތުރުން، 33،801 އަކަފޫޓުގެ ބިމެކެވެ.

މި މަޝްރޫއުތަކާ ގުޅޭގޮތުން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުންތައް އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހާއި 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނުވަތަ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު leasing@tourism.gov.mv އަށް ފޮނުވަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މާދަމާއިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ފޮތް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު އީމެއިލް މެދުވެރިކޮށް ބީލަން ފޮތް ގަނެވޭނެއެވެ.

މި މަޝްރޫއުތަކާ ގުޅިގެން އެއްވެސް ސުވާލެއް ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ޖެނުއަރީ 5 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލަށް ފޮނުވަން މިނިސްޓްރީން އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: