ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތައް ހިންގަން ސަރުކާރު ނުކުތުމުން ލިބެނީ ގެއްލުން، ހައްލަކީ ޕްރައިވެޓައިޒް ކުރުން: ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިތުރު ހިއްސާއެއް ގަތުމުގެ ބަދަލުގައި އެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސަރުކާރުން ދިރާގާއި، އެމްޑަބްލިއުއެސްސީގެ މެޖޯރިޓީ ހިއްސާ ގަންނަން އިއުލާނު ކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގައި ނުދަރައި ފައިދާގައި، ހިނގަނީ ވަރަށް މަދު ކުންފުންޏެކެވެ. އެގޮތުން ދިރާގު ފަދަ ކުންފުނިތައް ފާހަގަކުރައްވަމުން ވިދާޅުވީ، އެ ކުންފުނި ކާމިޔާބުކަމާއެކު ހިނގަނީ ބޭރުގެ ހިއްސާއެއް އޭގައި އޮންނާތީކަމަށް ވިދާޅުވި އެވެ. އަދި ފެން ކުންފުނި އެމްޑަބްލިޔުއެސްސީގައި ވެސް ގާތްގަނޑަކަށް 12 ޕަސެންޓް ބޭރުގެ ހިއްސާ އޮންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަކީ ވިޔަފާރިކުރަން ޖެހޭ ފަރާތެއް ނޫންކަމަށާއި، ވިޔަފާރި ކުރަންވާނީ ވިޔަފާރިވެރިން ކަމަށެވެ. ސަރުކާރުން މިފަދަ ކުންފުނިތައް ހިންގާ ނަމަ ލިބޭނީ ގެއްލުންކަމަށާއި، މިހާރު ވެސް ދައުލަތުގެ ބަޖެޓަށް އޮތް އެންމެ ބޮޑު އެއް ބުރައަކީ ކުންފުނިތަކަށް ދޭންޖެހޭ ސަބްސިޑީއާއި އެ ކުންފުނިތަކަށް ސަރުކާރުން ހޭދަކުރަންޖެހޭ ފައިސާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ކުންފުނިތައް ރަނގަޅަށް ނުހިނގަނީ މުވައްޒަފުން ނަހަމަ ގޮތުގައި އިތުރުކުރުމާއި، އިދާރީ ހިންގުމުގެ ހުނަރު ނެތުމުގެ ސަބަބުންކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެ ކުންފުނިތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައި، ޕްރައިވެޓައިޒް ކުރުންކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.

އެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ އެންމެ ބުއްދިވެރި ގޮތް. ސަރުކާރުން އެއްވެސް ހާލެއްގައި އިތުރު ހިއްސާއެއް ދީގެން ކުންފުނި ގަންނަން އުޅޭނެކަމެއް ނެތް

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ކުޑަކުރުމަށްޓަކައި މީގެ ކުރިންވެސް ބައެއް އިގްތިސާދީ މާހިރުން ވަނީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ނުވަތަ ހަރަދުތައް ކުޑަކުރުމަށް ލަފާދެއްވާފައެވެ.

އެމްޑަބްލިއުއެސްސީއަށް ވުރެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ، އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ހިންގާ ރާއްޖޭގައި އޮތް އެންމެ އަގުބޮޑު ކުންފުނި ދިރާގުގެ ހިއްސާ ގަންނަން ސަރުކާރުން ބޭނުންވުމެވެ. އިގްތިސާދީ އަދި މާލީ ދާއިރާގެ ގިނަ ބޭފުޅުން ފާހަގަކުރާ ގޮތުން، ދިރާގު ރަނގަޅު ގޮތުގައި ބޮޑު ފައިދާއެއްގައި ހިނގާ އެންމެ ބޮޑު ސަބަބަކީ ޓެކްނިކަލް މުވައްޒަފުންނާއި އިސްވެރިންގެ ގޮތުގައި ދާއިރާގެ ފަރާތްތައް ކުންފުނީގައި މަސައްކަތް ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: