ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

109 މީހެއްގެ އުމްރާ ފައިސާއަށް ހިޔާނާތްވި މައްސަލަ: އަސްކޮއި ގުރޫޕަށް ދައުވާކުރަން ޕީޖީއަށް

އުމްރާވެރިން އުމްރާއަށް ދިއުމަށްޓަކައި ފްލައިޓަށް އަރަނީ: ފޮޓީޯ/ މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި މީހުން އުމްރާއަށް ގެންދިއުމަށް ނެގި އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ނިންމައި، އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މީޑިއާތަކަށް ބުނި ގޮތުގައި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި ތަހުގީގު ފުރިހަމަކުރުމަށްފަހު ދައުވާކުރުމާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހުކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މި މައްސަލައިގައި ދައުވާކުރުމާމެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އަސްކޮއި ޓްރެވަލްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ވަނީ އެ ކުންފުންޏަށް ފައިސާ ދައްކައިފަ އެވެ. އަދި އެ މީހުން ދެއްކި ފައިސާގެ ޖުމްލަ އަދަދު 2.6 މިލިއަން ރުފިޔާ އަށް އަރާއިރު، އެ ފައިސާއަށް ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ފަހު ވަގުތު އުމްރާ ދަތުރުތައް ކެންސަލްކޮށްގެން އަސްކޮއި ގްރޫޕަށް މީގެ ކުރިން ވެސް ވަނީ ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފަ އެވެ. މިފަދަ މައްސަލަތައް ތަކުރާރުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ވަނީ އެ ގްރޫޕް ޖޫރިމަނާކޮށް، އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކު ހިމެނޭ އެހެން ވިޔަފާރިއަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމައިފަ އެވެ.

2016 ވަނަ އަހަރު ވެސް އެ ގްރޫޕުން އުމްރާއަށް ފުރަން ދިޔަ 38 މީހަކަށް ވިސާ ހަމަނުޖެހި އެއާޕޯޓުގައި ތާށިވި އެވެ. އަދި 2018 ވަނަ އަހަރު ވަގު ޓިކެޓްތަކެއް ދޫކުރުމުގެ ސަބަބުން އެ ގްރޫޕުގެ 168 އުމްރާވެރިއަކަށް ދަތުރު ނުކުރެވި މައްސަލަތައް ދިމާވި އެވެ. އޭރު ކުންފުނިން ބުނެފައިވަނީ އެއީ ޓިކެޓް ގަންނަން ހަވާލުކުރި އެހެން ކުންފުންޏަކުން އޮޅުވާލުމުން ދިމާވި މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން، މިދިޔަ ރޯދަ މަހު ވެސް މީހުންގެ އަތުން ފައިސާ ނަގައި ދަތުރު ކެންސަލްކުރުމާ ގުޅިގެން 130،000 ރުފިޔާ އިން އެ ގްރޫޕް ވަނީ ޖޫރިމަނާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: