ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ނިކަމެތިވާން ވެސް ތައްޔާރު: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ވާދަވެރި ސިޔާސީ ނިޒާމެއް ގާއިމް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ނިކަމެތި ވާން ޖެހިއްޖެނަމަ އެކަން ވެސް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މަޖިލީޙުގެ ރައީސް ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ  ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީގެ އަޑު ނެތި މަޖިލީސް ހިންގުމަކީ ކަންބޮޑުވުމެއް ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. 

މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާން މަޖިލިސް ހިންގަން ބޭނުންވަނީ ބައިމަދު މީހުން ވެސް ބައިވެރިކޮށްގެން ބައިމަދު މީހުންނަށް ލިބެން ޖެހޭ ހުރިހައި ހައްގުތަކެއް ކަށްވަރުކޮށްދީގެން ކަމަށް ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ ގަވާއިދު އެކުލަވާލާފައި ވަނީ އެގޮތުގެމަތިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ މަޖިލީޙުގެ ނިޒާމް ހިފެހެއްޓުމަށް ބައެއް ކަހަލަ ކަންކަން އެމަނިކުފާން ކުރައްވަން ޖެހޭ ކަމަށާއި ނަމަވެސް އެއީ ދާއިމީ ގޮތެއްގައި ކުރާ ކަންތައްތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާން ނިންމާ ބައެއް ނިންމުންތަކަކީ ދާއީ ނިންމުންތަކަެއްގެ ގޮތުގައި މެމްބަރުން ވެސް ދެކިގެން ނުވާނެ ކަމަށާއި އެހެން ކަމުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން މަޖިލީޙުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހުގައި ނެތްނަމަވެސް ގޮނޑީގެ އަދަދަުން ތަފާތެއް ނައިނަމަވެސް ވާދަވެރި ސިޔާސީ ނިޒާމެއް ހިންގޭނީ އިދިކޮޅު ފަރާތްތަކުގެ ބަިއވެރިވުމާއިއެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމަނިކުފާން ވިދާޅުވީ މަޖިލީހުގައި ވާދަވެރި ކަމާއިއެކު ސިޔާސީ ހަރަކާތް ހިންގާއިރު މެޖޯރިޓީ ޕާޓީއާއި މައިނޯރިޓީ ގުޅިގެން ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި އަދި މައިނޯރިޓީ ޕާޓީން ބޭނުންވާ ބައެއް ކަހަލަ ސިޔާސީ ކަންކަން ވެސް ހުންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަންކަން ނިންމާނީ މެޖޯރިޓީ ޕާޓީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

“ މި މަޖިލީހުގެ މެޖޯރިޓީ ޕާޓީއާއި އަދި މައިނޯރިޓީ ޕާޓީ މަސައްކަތް ކުރަމުން ގެންދާއިރުގައި މައިނޯރިޓީ ޕާޓީން އެދިވަޑައިގަންނަވާ ކަންކަން ހުންނާނެ. އެއީ މެޖޯރިޓީ ޕާޓީއާއި ވާހަކަ ދައްކައިގެން ހައްލު ކުރަން ޖެހޭ ކަންކަން. އެ ކަންކަމުގެ ތެރޭގައި ބައެއް ސިޔާސީ ކަންކަން ހުންނާނެ. މެޖޯރިޓީ ޕާޓީއަށް އެކަމުގައި އަމަލު ކުރަންވީ ގޮތެއް ނިންމޭނީ“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ އެއް ޕާޓީ ގައުމެއް ނޫން ކަމަށާއި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އޮތް އެންމެ ރނަގޅު ގޮތަކީ ވާދަވެރި ކަމާއިއެކު ސިޔާސީ ހަރަކާތް ހިންގުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ބޭްއްވުނު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް އެއް ސިޔާސީ ޕާޓީއަކަށް މެޖޯރިޓީ ވޯޓް ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގަން ޖެހޭނީ އެ ހަގީގަތް ގަބޫލުކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމަނިކުފާން ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އެމަނިކުފާން ނިކަމެތިވާން ޖެހުނު ކޮންމެ ގޮތަކަށް ވެސް ނިކަމެތިވާނެ ކަމަށާއި ވާދަވެރި ސިޔާސީ ނިޒާމެއް ރާއްޖޭގައި ހިންގުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ 65 މެންބަރުން ތިއްބެވި އެމްޑީޕީއަށެވެ. ދެން މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިއްބެވީ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނަށެވެ. އެ ކޯލިޝަންގެ ނުވަ މެންބަރުން ތިއްބަވަ އެވެ. މަދު މެންބަރުންތަކެއް ތިއްބެވި ނަމަވެސް އިއްޔެ އާއި މިއަދުގެ ޖަލްސާ އެ ކޯލިޝަނުން ބޮއިކޮޓް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: