ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުމަކީ ބިދޭސީންގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުން : ފޮރިން މިނިސްޓްރީ

ރެގިޔުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް ބިދޭސީން ކިޔޫގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތަކީ ވަކި ޓާގެޓެއް ހާސިލްކުރުމަށް ކުރާ މަސައްކަތެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

”ސަންގު“އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ކޮމިޔުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ބޭނުމަކީ ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުން ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މިދިޔަ އަހަރުން ފެށިގެން އިކޮނޮމިކް މިނިސްޓްރީއާއިއެކު ކުރަމުން އައި މަސައްކަތެއް ކަމަށާއި އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާއިއެކު މިމަސައްކަތަށް ހުއްޓުމެއް އައިކަން މިއުވާން ފާހަގަކުރެއްވިއެވެ. އަދި ދުވަސްކޮޅަކަށް މިމަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް މިމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެންދާއިރު ބަލި ޖެހުމަށް އެންމެ ފުރުސަތު ބޮޑު ބައެއްކަމަށް ފާހަގަކުރެވެނީ ހުއްދަ ލިޔެކިޔުންތައް ނެތި އުޅެމުންދާ ބިދޭސީންކަން މިއުވާން ފާހަގަކުރެއްވިއެވެ. އަދި އެމީހުންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޯށްދިނުމަކީވެސް އެޅިފައިވާ ޒިންމާއެއްކަަމަށާއި މިދުވަސްކޮޅު މިމަސައްކަތް އަލުން ފަށައިގަނެ ކުރަމުންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއީ ކަަމަށް މިއުވާން ވިދާޅުވިއެވެ.

ރާއްޖޭގައި ނިސްބަަތުން ހުއްދަ ލިޔެކިޔުން ނެތި އުޅެމުންދާ ބިދޭސީންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތްވަނީ ބަންގްލަދޭޝްއަށް ކަމަށްވާއިރު މިހާތަނަށް އައިއިރު 1900އެއްހާ ބަންގްލަދޭޝް މީހުން އެކި ގޮތްގޮތުން އެގައުމަށް ފޮނުވާލާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މިކަމަށް ބަންގްލަދޭޝްގެ ސަރުކާރުންވެސް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށް މިއުވާން ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އިތުރަށް ބައެއް އެހެން ގައުމުތަކަށްވެސް ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި 118 ބިދޭސީންނާއިއެކު އިންޑިޔާގެ ޓްރިވެންޑްރަމަށް ވަނީ ދަތުރުފަށާފައެވެ. މީގެ ކުރިންވެސް ވަނީ އިންޑިޔާގެ ބައެއް ރައްޔިތުން އެގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

ކުރިއަށް އޮތް ތަނުގައިވެސް މިމަސައްކަތް ކުރިއަށްދާނެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަމާޒެއް ހިފާފައިވާކަމެއް. ކޮވިޑް-19އާއި ގުޅިގެން މިމަސައްކަތް ރާވާފައިވާ ގޮތަށް ބަދަަލުތަކެއް އަތުވެދާނެ އެހެންނަމަވެސް މިމަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން ދެން

ހުއްދަ ލިޔެކިޔުންތައް ނެތި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށާއި، އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިނަމަވެސް، އެމަސައްކަތް ކޮވިޑް-19އާއި ގުޅިގެން މީހުން އެއްވެއުޅުން މަނާ ކުރުމާއި ހިސާބުން ވަނީ މެދުކަނޑާލާފައެވެ.

ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރެންފަށައި ކޮމިޔުނިޓީ ސްޕްރެޑަކަށް ދިޔުމާއިއެކު، ރާއްޖޭގައި ބިދޭސީން އުޅެމުންދާ ހާލަތަށް ބަލައި އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަދި އެމީހުން އުޅެމުންދިޔަ ބައެއް ގެތައް ހުސްކޮށް، ބައެއް ބިދޭސީން ވަނީ ހުޅުމާލެ ދެވަނަ ފޭސްގައި ގާއިމްކޮށްފައިވާ ޚާއްސަ ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: