ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި، ދެ މީހަކު ހައްޔަރުކޮށްފި

ލޮކްޑައުންގެ މުއްދަތުގައިވެސް މަސްތުވާތަކެތީގެ މައްސަލަ ގިނަކަމަށް ފާހަގަކުރެވޭ. ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި، ތ.އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެތެރެއިން، ހިންގި ދެ އޮޕަރޭޝަނެއްގައި 37 އަހަރުގެ މީހަކާއި 31 އަހަރުގެ ދިވެހި ދެ
ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި ގޮތުން، 37 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ، ފާއިތުވެދިޔަ ހުކުރުދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށާއި، އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބެލި ބެލުމުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްއަޅާފައިވާ ބޮޑު 20 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އޭނާގެ
ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކޮށްފައިވާކަމަށާއި، މި ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް 05 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، 31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނުގައިކަމަށް ފުލުހުން ބުނެއެވެ. މި ގޮތުން އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް ބެލި ބެލުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި، ކުޑަ 05 ރަބަރު ޕެކެޓުގެ އިތުރުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްއަޅާފައި ހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ތ. ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމާއެކު، އޭނާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ. އަދި މި ދެ މައްސަލަ ތަހުޤީޤުކުރަން ފަށާފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ބުރާސްފަތި ދުވަހާއި، ހުކުރުދުވަހުގައި މި 02 މީހުން ހައްޔަރުކޮށްފައިވާއިރު، މި މަހުގެ 8 ދުވަހާއި 09 ވަނަ ދުވަހު އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި، ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ހާމަކުރިގޮތުގައި، އެ ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނ، 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 55 އަހަރުގެ ދިވެއްސެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: