ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ޕީޕީއާއި، ބައެއް މެޑިކަލް ސާމާނު އެންއީއޯސީއަށް ހަދިޔާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އެސްޓީއޯއިން އަންނަނީ ރައްޔިތުންނަށް ގިނަގުނަ އެހީތެރިކަމެއް ފޯރުކޮށްދެމުން. ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން، އެސްޓީއޯއިން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ޕަރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓްސް(ޕީޕީއީ) ހަދިޔާކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޕީޕީއީގެ އިތުރުން، އެންއީއޯސީއަށް ހަދިޔާކުރި ތަކެތީގެތެރޭގައި، މާސްކާއި އަދި އެހެނިހެން ބައެއް މެޑިކަލް ސާމާނު ވެސް އެކުލެވިގެންވާކަމަށެވެ.

މީގެ އިތުރުން، އެސްޓީއޯއިން ބުނީ، އެ ކުންފުންޏަށް މި ތަކެތި ހަދިޔާކުރި ޗައިނާގެ ކުންފުންޏެއްކަމަށްވާ އެމްސީސީއަށް ވެސް ޝުކުރުއަދާކުރާކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އެސްޓީއޯއިން އަންނަނީ ގިނަގުނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އެސްޓީއޯއިން ވަނީ ޢާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ބޭހުގެ ބާވަތްތައް ގެނެސްފައެވެ. ހަމައެއާއެކު، މި ދަނޑިވަޅުގައި ކާޑުގެ ބާވަތްތައް ވެސް ހުސްނުވެ ޢާންމުނަށް ފޯރުކޮށްދިނުމަށް އެސްޓީއޯއިން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އަދި ހަމައެހެންމެ ލޮކްޑައުންއާއި ގުޅިގެން، އީ-ސްޓޯރ ޤާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެހެން، އެސްޓީއޯއިން އަންނަނީ ގިަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: