ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުތަކުގެ މައްސަލައަކީ ވަރަށް ކަންބޮޑުވާ ކަމެއް: މުއިއްޒު

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އެޅި ހިޔާ ފްލެޓްތަކާއި ގުޅިގެން އިވެމުންދާ އަޑުތަކާއިމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފްލެޓްތަކާއި ގުޅޭގޮތުން ”ސަންގު“ އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފްލެޓްތައް ހައްގުވާ މީހުންގެ ލިސްޓެއް ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވާލީ ވަރަށް ދިގު މަރުޙަލާތަކެއްގެ ތެރެއިން ކަމަށެވެ. އަދި އެމަސައްކަތް ކުރެވުނީ، އާންމުކޮށް ގެޒެޓު ކުރެވިގެންނާއި، ނޫސްވެރިންގެ ބައްދަލުވުންތައް މެދުވެރިކޮށް އާންމު ރައްޔިތުންނަށްވެސް މައުލޫމާތު ފޯރުކޮށްދީގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވަރަށް ގިނަ ބަޔެއްގެ ފަރާތުން ފްލެޓްތަކާއި ގުޅޭ މައުލޫމާތު ނުރަސްމީކޮށް ލިބިވަޑައިގަންނަވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އާންމު މެންބަރުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ފްލެޓު ލިބޭ ކަމުގެ ލިޔުން ދިން ހުރިހާ ފަރާތަކަށް ފްލެޓްތައް ހަވާލުކުރުން މިސަރުކާރުން އަވަސް ކުރަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކާ ގުޅޭ ގޮތުން ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި ފްލެޓު ލިސްޓާއި ވަރަށް ބޮޑަށް ކުޅެމުންދާ ކަމުގެ މައުލޫމާތު ނުރަސްމީކޮށް ލިބިވަޑައިގަންނަވަމުންދާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން ފްލެޓެއް އަޅައިގެން އެކަމަށް ހުރަސް އަޅާނެ ބަޔަކުވެސް ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު އޮވެ، ބަޖެޓުތައް ފާސްކޮށްގެން އެކަން ކުރެވިދާނެ ކަމަށެވެ. އެގޮތުން އެތައް ހާސް ފްލެޓެއް އެޅުމަށްފަހު މާލެއާއި އަތޮޅު ތެރޭގެ ރައްޔިތުންނަށް ދިނުމަށް މިސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރަށް ހުރިހާ މަގެއް އޮތް ނަމަވެސް، އިވެނީ ހިޔާމަޝްރޫޢުގެ ފްލެޓުތަކުގެ ލިސްޓަށް ބަދަލު ގެނެސް އެކަން ގަޑުބަޑު ކުރަން މަސައްކަތްތަކެއް ކުރާކަމުގެ އަޑުތަކެއް ކަމަށެވެ. އެކަމުގައި ޙަގީގަތެއް ވާނަމަ، ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު ބަދަލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރަކުން މަސައްކަތް ކުރަންވާނީ ރައްޔިތުންނަށް ޔަގީންކަން ދެވޭ ގޮތަށް ކަމަށާއި ބޯހިޔާ ވަހިކަމަކީ އެކަމަކަށް ރައްޔިތުން އެންމެ ބޭނުންވެފައިވާ އޮތް މައްސަލަކަން ދެނެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މިހާރު މިފެންނަނީ އެކަމަށް ޚާއްސަކުރެވިފައިވާ މިނިސްޓްރީވެސް އުވާލި މަންޒަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ސަރުކާރުގެ އެންމެބޮޑު މަސައްކަތަކަށްވެސް ވާންވީ މިކަން ޙައްލުކޮށްދިނުން، އެކަމަކު އަޅުގަނޑުމެނަށް ފެނިގެން މިދަނީ ހައުސިން މިނިސްޓްރީވެސް އުވާލިތަން، ރައީސް ޔާމީންގެ ސަރުކާރުގައިވެސް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ކިޔާފައި މިނިސްޓްރީއެއް ހުރީ ބޯހިޔާވަހިކަމަށް އިސްކަންދޭތީ، މިސަރުކާރުގައި ހައުސިންގ އަށް ޚާއްސަ މިނިސްޓްރީއެއް ހުރި، އެކަމަކު މިފެނުނީ އެތަން އެއްކޮށް އުވާލެވި، އެހެން ބޮޑު މިނިސްޓްރީއެއްގެ ތެރެއަށް އެއްކޮށްލިތަން“ މުއިއްޒު

މީގެ އިތުރުން މުއިއްޒު ބުނީ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ދައްކަވަން ޖެހުނު ކޮންމެ ވާހަކަ ދައްކަވާނެ ކަމަށެވެ. ރައްޔިތުންގެ ވިންދުވެސް ހުރީ ބޯހިޔާވަހިކަމެއް ހޯދުމަށް ކަމަށާއި އެކަންކަމަށް ފުރުސަތު ލިބޭ ކޮންމެ ފަހަރަކު ވަކާލާތު ކުރައްވާނެ ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، އަދި ހައުސިން މިނިސްޓްރީން އިސްކޮށް ބެލެހެއްޓި އެ މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. މި ފްލެޓްތައް ހެދުމަށް ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައިވެ އެވެ. މި ލޯނު ނެގީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައެވެ.

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތައް ވެރިކަން ބަދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭރުގެ ހައުސިން މިނިސްޓްރީން އިއުލާނުކުރި ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް ފްލެޓްތައް ލިބިފައިވަނީ ހައްގުވެރިންނަށް ކަން ކަށަވަރު ކުރުމަށްޓަކައި ފްލެޓް ލިބުނު މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ފެށި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: