ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ޖެހީ 7 ދުވަސް!

ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި އޭރު ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ: މޮމްސް ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެސްޓް ހައުސްއެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 07 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު އުމުރުން 11 އަހަރުގެ ކުއްޖަލު ރޭޕް ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އެ ކުއްޖާއަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށާއި އަދި މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. ކުއްޖާ ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް ފުލުހުން ބުނެފައިވަނީ އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

މައްސަލައިގައި ހައްޔަރު ކުރެވުނު މީހާއާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރި ކަމަށާއި ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 07 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާކަމަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 2 އަހަރު ނުވާ ކުއްޖަކު ރޭޕް ކުރި މައްސަލައަށް ފަހު ޖިންސީ ގޯނާގެ ވަރަށް ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައެވެ.

ކޮމިޝަނާ ހަމީދު މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ޕީޖީގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެގޮތަށް އެދިފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންކަމަށް ވިދާޅުވިއެވެ. މިއީ ފަސް އަހަރުގެ ތެރޭގައި މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.

މިފަދަ ހަމީދު އެދިވަޑައިގެންފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ. މި މާއްދާގައި ބުނެފައިވާގޮތުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް ޕޮލިސް ކޮމިޝަނަރަށް ޕީޖީގައި އެދިވަޑައިގެންނެވޭނެ އެވެ. އެހެން ކަމުން ޕީޖީގެ ފަރާތުން ބައްލަވަން ޖެހޭ ކަންތަކަށްފަހު ވީ އެންމެ އަވަހަކަށް ކޯޓުގައި އެ އަމުރަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ.

އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރު ކުރިއިރު، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދައްކައިގެން އާއިލާއަށް ބްލެކްމެއިލްކޮށް ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި އުމުރުން 24 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: