ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 13 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 2150 އަށް އިތުރުވެއްޖެ

ފޮޓޯ:އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް، އިތުރު 13 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު 2150 އާއި ހަމައަށް އިތުރުވެއްޖެއެވެ.

ހުކުރުދުވަހުގެރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން، ހުކުރުދުވަހުގެ 18:00 އާއި ހަމައަށް ޕޮޒިޓިވްވެފައިވަނީ 13 މީހެއްކަމަށެވެ. މި ގޮތުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، 03 ދިވެއްސެއްގެ އިތުރުން، ބަންގުލަދޭޝްގެ 10 މީހެއްކަމަށާއި، އެއާއެކު ޖުމްލަ އަދަދު 2150 އަށް އަރާފައިވާކަމަށް ވެސް އެޗްޕީއޭއިން ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 2150 މީހުން ޕޮޒިޓިވްވެފައިވީނަމަވެސް، މި ހިނގާ ޖޫންމަހުގައި ޕޮޒިޓިވްވެފައިވަނީ 377 މީހުންނެވެ. މި ގޮތުން މި މަސްތެރޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އެއް މިންގަނޑެއްގައި ހިފެހެއްޓިފައިކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 19 ދުވަހުގެތެރެއިން އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވަނީ، މި މަހުގެ 01 ވަނަ ދުވަހުއެވެ. އެ ދުވަހުގައި ޕޮޒިޓިވްވެފައިވަނީ 56 މީހުންކަމަށްވިޔަސް، ދެންހުރި ދުވަސްތަކުގައި، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ޢާންމުގޮތެއްގައި އުޅެނީ 30-20 ދެމެދުގައެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ހާމަކުރިގޮތުގައި، މި ބައްޔަށް ފަރުވާހޯދަމުން އަންނަ މީހުންގެތެރެއިން، ހުކުރުދުވަހުވަނީ 10 މީހަކު ރަނގަޅުވެފައެވެ. އަދި މިއާއެކު މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 1769 އަށް އިތުރުވެފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މިވަނީ 371 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: