ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީނު ދިނުމުގެ ޕްރޮގުރާމުގެ ދަށުން 11،000 އަށްވުރެ ގިނަ މުދައްރިސުން ތަމްރީނުކުރަނީ

ފޮޓޯ: ޢަބްދުﷲ ޝާހިދު، ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީނު ދިނުމުގެ ފްރޮގުރާމުގެ ދަށުން 11،000 އަށްވުރެ ގިނަ މުދައްރިސުން ތަމްރީނުކުރެވިގެންދާނެކަމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

މަރުހަލާތަކަކަށް ބަހާލައިގެން ހުސްވި ހަފުތާގެ އަންގާރަ ދުވަހުގައި އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގުރާމަކީ، މަދަރުސާތައް އަލުން ހުޅުވޭއިރު، ދަރިވަރުންނަށް ކުރިމަތިވެދާނެ ނަފުސާނީ އުނދަގޫތަކަށް ވީހާވެސް އަވަސްކަމާއެކު، ފުރިހަމަ އެހީތެރިކަމެއް ފޯރިކޮށްދިނުމުގެ ގޮތުގައި ކުރިއަށްގެންދާ ޕްރޮގުރާމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި، ދިވެހި ރެޑް ކްރެސެންޓާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި، މިހާތަނަށް 407 މުދައްރިސުންނަށް ތަމްރީނުދީފައިވާކަމަށާއި، ޕްރޮގުރާމު ނިމޭއިރު 11،000 އަށްވުރެ، ގިނަ މުދައްރިސުން ތަމްރީނުކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

https://twitter.com/MoEdumv/status/1274001080607666176?s=20

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރިގޮތުގައި، މަދަރުސީ މާހައުލުގައި، ދަރިވަރުންނާއި އެންމެ ފުރަތަމަ މުޢާމަލާތުކޮށް އުޅޭނީ މުދައްރިސުންކަމަށްވާތީ، ދަރިވަރުންނަށް ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުމަށް، ވީހާވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ލަޔާޤަތު ހުރި ބަޔަކަށް މުދައްރިސުން ހެދުމަކީ މި ޕްރޮގުރާމުގެ މަޤުސަދުތަކުގެތެރޭގައި ހިމެނޭކަމެއްކަމަށެވެ. މި ގޮތުން މި ޕްރޮގުރާމުގައި، ނަފްސާނީގޮތުން އެހީތެރިކަން ބޭނުންވާ ދަރިވަރުންނަކީ ކޮބައިކަން ފާހަގަކުރުމާއި، އެފަދަކަމެއް ހުރި ކުއްޖަކު ހުރިނަމަ އަމަލުކުރަންވީ ގޮތުގެ އިރުޝާދުގެ އިތުރުން، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަށް ބެލުމަށާއި، ފަސްޓް އެއިޑްދިނުމުގައި ވިސްނަންޖެހޭ ކަންތައްތައް، މުދައްރިސުންނަށް ކިޔަވައިދޭނެކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ. މި ޕްރޮގުރާމުގެ ފުރަތަމަ މަރުހަލާއަށްފަހ، މަދަރުސާތަކުގެ ކައުންސެލަރުންނަށް އިތުރު ތަމްރީނު ދިނުމަށް ހަމަޖެހިފައިވާކަމަށާއި، އޭގެ ބޭނުމަކީ، ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ދިނުމަށްފަހު އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެދެވިގެންވާގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: