ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންގުމާއި ހިލާފަށް އެއްވުންތައް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފަ: ފުލުހުން

މާލޭ ސިޓި. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގެވުމާއި ޚިލާފަށް، ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އިގެ ސަބަބުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ މި ދަނީޑިވަޅުގައި، ފުރަބަންދުގެ ހާލަތަށް ލުއިދިނުމުގެ ދެވަނަ މަރުހަލާގައި ވެސް، ޢާންމު ތަންތަނުގައި ވެސް ގިނަވެގެން އެއްވެ އުޅެވޭނީ 03 މީހުންނަށްކަމަށް ޑިރެކްޓަރ ޖެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާކަމަށެވެ. ނަމަވެސް މި އެންގުމާއި ޚިލާފަށް، ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ގޮތުން ފުލުހުން ވަނީ، އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް މި ދަނޑިވަޅުގައި އެއްވެ ނޫޅުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށްނެރެ އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު އުވައިލިކަމަށް ބައެއް މީހުންނަށް ހީވެފައިއޮންނަ ކަމަށާއި، ނަމަވެސް ފުރަބަންދުގެ ހާލަތު އަދި އުވާނުލާކަމަށައި، ދީފައިވަނީ ލުއިތަކެއްކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މި ގޮތުން، 03 މީހުންނަށްވުރެ ގިނަމީހުން އެއްވެ ނޫޅުމަށާއި، ބޭރަށް ނުކުމެވޭނެ ވަގުތުތައް ވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި، ފަތިހު 5:00 އިން ފެށިގެން، ހެނދުނު 8:00 އާއި ދޭތެރޭ ޢުމަރުން ދުވަސްވީ މީހުންނަށް ބޭރަށް ނިކުމެވޭނެއެވެ. ހަމައެއާއެކު، ހަވީރު 16:00 އިން 18:00 އަށް ކުޑަކުދިންނަށް ނުކުމެވޭއިރު، ހަވީރު 18:00 އިން ފެށިގެން، ރޭގަނޑު 21:00 އާއި ދެމެދުގެ ވަގުތުތައް ކަނޑައަޅާފައިވަނީ ކަސްރަތުކުރާ މީހުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: