މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ”ސަންގު“އަށް ވިދާޅުވީ ޕޮޒިޓިވްވި ދެމީހުންނަކީވެސް މިދިޔަ ބުރާސްފަތި ދުވަހު މާމެންދޫއިން ބައްޔަށް ޕޮޒިޓިވްވި މީހާއާއެކު ހޯމް ކަރަންޓީންވި ދެމީހުން ކަމަށެވެ.
މިތިން މީހުންނަކީވެސް ކޫއްޑޫ މަގުން މިމަހުގެ 13 ވަނަ ދުވަހު އެރަށަށް ދިޔަ މީހުންނެވެ. އެމީހުންނާއެކު ފްލައިޓުގައި 40 މީހުން ދަތުރުކުރި ކަމަށް އެންއީއޯސީއިން މައުލޫމާތުދެއެވެ. އަދި އެ 40 މީހުންނަކީވެސް ގެމަނަފުށީ މީހުންކަމަށް ވަނީ ބުނެފައެވެ.

