ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމަށް ނާދެވި އިންޑިއާގައި ތާށިވެފައި ތިބި 91 ދިވެއްސަކު ރާއްޖެ ގެނެސްފި

ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަށް ގޮސްތިބި މީހުންގެތެރެއިން އެނބުރި ޤައުމަށް ނާދެވިފައި ތިބި 91 ދިވެއްސަކު ރާއްޖެ ގެނެސްފިއެވެ.

މި އެންމެން ވެސް ރާއްޖެއަށް އައިސްފައިވަނީ، ހޯމަދުވަހުގެރޭ، އާސަންދަ ސްކީމުގެ ދަށުން 28 ބަލިމީހުންނާއެކު އިންޑިއާގެ ކޮޗިންއަށް ދިޔަ ފްލައިޓް އެނބުރި ރާއްޖެއަށްއައި ދަތުރުގައެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަން އިން މިއަދު ބުނީ، އިންޑިއާގެ ކޮޗިން އިން މިއަދު ރާއްޖެއަށްއައި ފްލައިޓްގައި، އެ ޤައުމަށް ބޭސްފަރުވާއަށް ގޮސްތިބި މީހުންގެތެރެއިން އެނބުރި ޤައުމަށް ނާދެވިފައި ތިބި 91 ދިވެއްސަކު މިއަދު ހެނދުނު ރާއްޖެ ގެނެސްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް ގޮސްތިބި މީހުންގެ އިތުރުން، ބޯޑަރު ބަންދުކުރުމާއި، ލޮކްޑައުންކުރުމާއި ގުޅިގެން އެ ޤައުމުގައި ނާދެވިފައި ތިބި މީހުންކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން 38 އަށްވުރެ ގިނަ ދަތުރުކޮށް، އެކި ޤައުމުތަކުގައި ތިބި 4000 އަށްވުރެ ގިނަ ދިވެހިން މިހާތަނަށް ރާއްޖެ ގެނެސްފައިވާކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: