ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި އިތުރު މީހެއް މަރުވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ ކޮވިޑާއި ގުޅިގެން މަރުވި 9 ވަނަ މީހާއެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުން އައި ފިލިޕީންސްގެ ރައްޔިތެކެވެ. މަރުވެފައިވަނީ 43 އަހަރުގެ ފިރިހެނެކެވެ.

ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް މަރުވެފައި ވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުންނެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް 2،337 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 1،927 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. ކޮވިޑް-19 ގެ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 397 މީހުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: