ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑަންޓް ލޯނު ދޫކުރުމުގައި ޕްރިއޮޓައިޒްގެ ބަޔަކަށް މިސްކީނުންނާއި ފަގީރުންގެ ދަފްތަރުގައި ޖެހިފައިވުން!

އެމްއެންޔޫގެ ގްރެޖުއޭޝަންގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތައުލީމް ހާސިލް ކުރުމަށް ދަރިވަރުންނަށް ދޫކުރާ ލޯނުތަކުގައި، މި ފަހަރުގެ އުސޫލުގެ ދަށުން މައިގަނޑު ގޮތެއްގައި ގެންގުޅުނީ ތިން ކެޓަގަރީއެއް ކަމަށް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ، އައިޝަތު ޝަފީނާ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޝަފީނާ ވިދާޅުވީ ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް ހުޅުވާލި ފުރުސަތުގައި، ރާއްޖޭގައި ކިޔެވޭ ކެޓަގަރީއެއްގެ ގޮތުގައި ހަމައެކަނި ހިމަނާފައިވަނީ މާސްޓާސް ޕްރޮގްރާމްގެ ކެޓަގަރީއެއް ކަމަށެވެ. އަދި އެ ނޫނީ ހުޅުވާލި ހުރިހާ ފުރުސަތުތަކަކީ ވެސް ރާއްޖޭން ބޭރުގައި ހުޅުވާލި ފުރުސަތުތަކެއްކަމަށް ޝަފީނާ ވިދާޅުވިއެވެ. ވަކި ސްޓްރީމެއް އެލޮކޭޓުކޮށްފައި ނެތް ހުރިހާ ދާއިރާތައް ވެސް ރާއްޖެއިން ހެދެން ނެތް ކޯސްތަކަކަށް ވާންޖެހޭއިރު ލޯނުތައް އިޝޫކުރުމުގައި ފުރަތަމަކަމެއްގެ ގޮތުގައި ބަލާފައިވާނީ އެ ޕްރޮގްރާމްއަކީ ރާއްޖޭގައި އޮފާ ކުރާ ޕްރޮގްރާމެއް ނުވަތަ ނޫންތޯ ކަމަށެވެ. އެ ކްރައިޓީރިއާއަކުން ރާއްޖޭގައި ފުރުސަތެއް ނެތް ނަމަ، ލޯނުތަކަށް އެލިޖަބަލް ވެ އެ ޕްރޮސެސް ކުރިޔަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަފީނާ ވިދާޅުވީ ލޯނުތަކުގައި، މި ފަހަރުގެ އުސޫލުގެ ދަށުން މައިގަނޑު ގޮތެއްގައި ގެންގުޅުނީ ތިން ކެޓަގަރީއެއް ކަމަށެވެ. އެގޮތުން ކެޓަގަރީ އެކެއް އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުން ކަމަށާއި، ދެވަނަ ކެޓަގަރީއެއްގެ ގޮތުގައި މިހާރު ވެސް އޮންގޮއިން ނުވަތަ ކިޔަވަމުން ދާ ދަރިވަރުން ހިމެނޭއިރު ތިން ވަނަ ކެޓަގަރީ އެއީ އަލަށް ތައާރަފްކުރި ދާއިރާތަކަށް އިލެކްޓޯރަލް ކެޓަގަރީ ކަމަށެވެ.

ޝަފީނާ ވިދާޅުވީ ކެޓަގަރީ އެކަކުން ދަރިވަރުން ހޮވުމުގައި ތިން ތަރުތީބެއް ބަލާފައިވާނެ ކަމަށާއި، އެއީ މާލީ ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަން ދިނުމަށްޓަކާ އުސޫލަށް ގެނައި ބަދަލެއް ކަމަށެވެ. އެހެން ކަމުން އެ ކެޓަގަރީން ފުރަތަމަ ފުރުސަތު ލިބެނީ މިސްކީނުންނާއި ފަގީރުންގެ ދަފްތަރުގައި ޖެހިފައިވާނަމަ ކަމަށް ޝަފީނާ ވިދާޅުވިއެވެ. އަދި ދެވަނައަށް ބަލާފައިވާނީ ހުށަހަޅާ ކޯހުގެ ފެންވަރުގެ ދަށް ލެވެލްގެ ޕްރޮގްރާމެއް ހޯދުމަށް ނުވަތަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެހީތެރިކަމެއް ލިބިފައިވޭތޯ ބަލާ ކަމަށެވެ.

 

”މާނައަކީ ބެޗްލާސް ޑިގްރީއަކާއި، މާސްޓާސް ޑިގްރީއެއް ސަރުކާރުގެ ހަރަދުގައި ފުރިހަމަ ކުރުމަށްފަހު ޕީއެޗްޑީއަށް ދާ ދަރިވަރަކަށްވުރެ އެއްވެސް އެހީތެރިކަމެއް ނުލިބި އަންނަ ދަރިވަރަށް އަޅުގަނޑުމެން އިސްކަން ދިނުމަށް މަސައްކަތް ކުރާކަން.“ ޝަފީނާ

ތިން ވަނަ ކްރައިޓީރިއާއަކީ މެރިޓްކަން ފާހަގަކުރައްވާ ޝަފީނާ ވިދާޅުވީ މެރިޓް އަކީ އެއްވެސް ކެޓަގަރީއެއްގެ އަސާސީ ކްރައިޓީރިއާއެއް ނޫން ކަމަށެވެ. އަދި ލޯނަކަށްވެފައި ބައެއް ސްކޮލާޝިޕްތަކުގައި މެރިޓް އަސާސީ ކްރައިޓީރިއާއެއްގެ ގޮތުގައި ބޭނުން ކުރާ ކަމަށެވެ. އެހެން ކަމުން ލޯނު ފުރުސަތުގައި ކެޓަގަރީ އެކަކުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން އެންމެ ފުރަތަމަ އިސްކަން ޒަކާތު ލިސްޓަށް ދޭއިރު ދެވަނަ އިސްކަމެއް އެއީ މާލީ އެހީތެރިކަމެއް ނެތުން އަދި ތިންވަނައަށް މެރިޓް ކަމަށެވެ.

މީގެ އިތުރުން ޕްރޮގްރާމުގައި ޝަފީނާ ވިދާޅުވީ މެރިޓުން އެއްވަރުވެއްޖެ ހާލަތެއްގައި ބަލަނީ އެންމެފަހުން ނިންމާ ޕްރޮގްރާމަކަށް ކަމަށެވެ. އަދި ދެވަނަ ކެޓަގަރީއަކީ މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓަގަރީކަމަށް ވިދާޅުވިއެވެ. ބައެއް ދަރިވަރުންނަށް މެރިޓުން މަތިވެ، މި ކެޓަގަރީން ނުލިބިދާނެކަމަށް ހީކުރެވިފައި އޮންނަ ކަމަށާއި އެހެން ނަމަވެސް މި ކެޓަގަރީގެ އެންމެ ފުރަތަމަ ޕްރައިއޯރިޓީއަކީ ކޯސް ނިމެން އެންމެ ކުރު މުއްދަތެއް އޮތް ދަރިވަރުންނަށް ކަމަށެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި މެރިޓް ބޭނުންކުރާ ކެޓަގަރީއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: