ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު އީސަ ހުންނަވަނީ ރާ ތަށި ހިތްޕަވައިގެން؛ މެމްބަރު މޮސްޓާ 12 މިލިއަން ރުފިޔާގެ ހަކުރު މާލެއަށް ވިއްކި!

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގައި އޮންނަނީ ވަކި ބައެއްގެ ބާރު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް މެމްބަރުންނާ މެދު އިންސާފުން ކަންކަން ނުކުރައްވާ ކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު  ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަގެ ފަރާތުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިޢުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިކަން ހިނގައިގޮސްފައިވާ ގޮތް ބެލުމަށް ގޮވާލައި ހުށައެޅި ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު ބަހުސްކުރެއްވުމަށް އެދިވަޑަިގެންފައެއްނުވެއެވެ. އެހެންކަމުން މެމްބަރު ނަޝީދަށް ގަރާރާއި މެދު ފަހު ބަސް ބުނުމަށް ފުރުސަތު ދިނުމުން ވަނީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ.

މެމްބަރު ނަޝީދު ވިދާޅުވީ، ބާރު އޮތީ ވަކި ބައެއްގެ އަތުގައި ކަމަށާއި އެހެންކަމުން ވަކި ބަޔަކު ކުރަން ބޭނުންވާ ކަމެއް ނޫނީ މަޖިލީހުގައި ނުވާނެ ކަމަށެވެ. ޚާއްސަކޮށް ރައީސް ނަޝީދުގެ އަގު ވެއްޓޭފަދަ އެއްވެސް ކަމެއްކުރަން ބޭނުންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ނުފޫޒާއި ބާރުން ހުރިހާ ކަމެއް ކުރައްވާ ދެން. އެހެންވީމަ އަޅުގަނޑަށް ޖެހޭނީ މިގަރާރު ދޫކޮށްލަން. މިގަރާރަށް ވޯޓަށްވެސް އަހާނެ ކަމެއް ނެތް!“

މެމްބަރު ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން ކެނދިކޮޅޫދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވަނީ ނިޒާމީ ނުކުތާ ނަަންގަވާ މެމްބަރު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ވަކި މެމްބަރަކު ވަކި އެއްޗެއް ހުށައެޅުމުން އެއަށް ބަހުސްކުރުމަށް މަޖުބޫރުކަން އެނގިވަޑައިގެންފައި ނެތްކަމަށާއި ހަމައެގޮތަށް ބަހުސް ނުކުރެއްވުމުން ކުށްވެރިވާންވީ ސަބަބެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް އީސަ ވިދާޅުވިއެވެ. އަދި ފަސް އަހަރު ބާރު އޮތް އިރު އެމައްސަލަ ނުބަލައި މިހާރު އެމައްސަލަ ބަލަން ބޭނުންވީތީވެސް އަޖައިބުވާ ކަމަށް އީސަ ވިދާޅުވިއެވެ. އަދި ގަރާރު ހުށައެޅުއްވި މެމްބަރުގެ ސިކުނޑީގައި ތެތް ކަމެއް ނެތަސް އެބޭފުޅާގެ ސިކުނޑީގައި ތެތްކަން އެބަހުރިކަމަށް ވިދާޅުވިއެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ނަޝީދު ވަނީ 24 ގަޑިއިރު ހަމައިގައި ތިބެން ނުޖެހޭކަމަށް ގަބޫލުކުރައްވާ ލީޑަރެއްގެ ފަހަތުގައި ހުންނަވައިގެން ދައްކަވާ ވާހަކަތައް ގަބޫލުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ކޮސޯވޯގެ މައްސަލައިގައި ރައީސް ނަޝީދާއި ދެކޮޅަށް ޑްރާފްޓް ތައްޔާރުކޮށްދެއްވީވެސް ޚުދު މެމްބަރު އީސާކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

މިވާހަކަތަކަށް ރައްދުދެއްވައި ރިޔާސަތުގައި އިންނަވި ރައީސް ނަޝީދު ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ވަރަށް ބޮޑަށް އެކަމަށް ނުރުހުން ފާޅުކުރައްވައި މަޖިލީހުގައި އިތުރުފުޅު ނުހެއްދެވުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ރައްދުގައި މެމްބަރު އީސަ ވިދާޅުވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ނަޝީދު އޭނާ އަރިހު ކުޑަދަށުގައި ހުންނަވާ ”މިމާލެއަށް އެ މެމްބަރު 12 މިލިއަން ރުފިޔާގެ ހަކުރު ވިއްކި“ ކަމަށް ހެކިންގެ ހާޒިރުގައި ވިދާޅުވިކަމަށެވެ. 

މިކަމާއި ގުޅިގެން މެމްބަރު އީސައާއި މެމްބަރު ނަޝީދު، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ސީރިއަށް ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ. އަދި އެއް މެމްބަރު އަނެއް މެމްބަރުގެ ބުއްދިއަށް މިއަދުގެ މަޖިލީހުގައި ގޮވާފައިވެއެވެ. މަޖިލީހުގެ ތަޅުން ވަނީ މި ޒުވާބުގައި ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: