ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންޗެއްގައި އަލިފާންރޯވެ ދެ މީހަކަށް އަނިޔާވެއްޖެ

ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތ.އަތޮޅު ރިސޯޓަކުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއްގައި އަލިފާންރޯވެ 02 މީހަކު ފިހިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މީޑިއާތަކަށް މިއަދު މަޢުލޫމާތުދެމުން ފުލުހުން ބުނީ ރިސޯޓަކުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއްގައި އަލިފާންރޯވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ތ.ގުރައިދޫގައި ޖައްސަންދިޔަ މަގުމަތީގައިކަމަށެވެ.

މާލި ފުށި 2 ނަމަކަށްކިޔާ އެ ލޯންޗުން 6 މީހުން ދަތުރުކޮށްފައިވާކަމަށާއި އޭގެތެރެއިން ދެ މީހަކު ފިހިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އަނިޔާ ލިބުނު ދެ މީހުންނަކީ ބިދޭސީއަކާއި ދިވެއްސެއްކަމަށާއި އެ ދެ މީހުންނަށް މާލިފުށި ރިސޯޓުގައި ފަރުވާދެމުން އަންނަަކަމަށާއި އެ މީހުން މާލެގެނައުުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ފުލުހުންނާއި މާލިފުށި ރިސޯޓުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލެވިފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: