ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން އޭދަފުށީ މަގުތަކުގައި ތާރުއަޅަން ފަށައިފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ.އޭދަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ މަގުތަކުގައި ތާރުއަޅަން ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

38.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އޭދަފުށީގެ 17 މަގެއްގައި ތާރުއަޅާނެކަމަށް އެމްޓީސީސީން ބުނެއެވެ. 

އޭދަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު މިހާރު ބައެއް މަގުތަކުގައި ސަބް ބޭސް އެޅުމުގެ މަސައްކަތުގެ އިތުރުން ވާރޭފެން ހިންދުމަށް ބޭނުންކުރާ ވަޅުގަނޑުތައް ފެއްތުމާއި ހޮޅިއެޅުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ހުސްވި އަހަރުގެ އޭޕްރީލްމަހުގެ 01 ވަނަ ދުވަހުގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތްތައް 45 ދުވަހުގެތެރޭގައި ނިންމައިލެވޭނެކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ތާރުއެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު އޭދަފުށީގެ ޢާންމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަމަށާއި މި ގޮތުން ތާރުއަޅާ މަގުތަކުގައި ދުއްވާއެއްޗެހި ޕާކް ނުކުރަމަށާއި މަގުތަކުގައި އެއްޗެހި ނުބެހެއްޓުމަށް އެމްޓީސީސީންވަނީ އެދިފައެވެ. މިކަމާއި ގުޅިގެން އޭދަފުށީ ކައުންސިލާއި މަޝްވަރާކޮށްފައިވާނެކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: