ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލިއްޔަތު ކޮމިޓީއަށް ބޭންކްތަކުގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށް ޖާބިރު އެދިވަޑައިގެންފި

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބޭންކްތަކުގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށް އެދި، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މާލިއްޔަތު ކޮމިޓީއަށް ބޭންކްތަކުގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށް އެދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ޖާބިރު ފޮނުއްވެވި ސިޓީގައި ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން، ދިވެހިރާއްޖޭގެ އިޤުތިޞާދު ހީނަރުވެފައިވާތީ، އެ ކަމަށް ހައްލެއް ހޯދުމުގެގޮތުން، ކަމާބެހޭ ފަރާތްތަކާއި މުހިންމު މަޝްވަރާތަކެއް ކުރަންޖެހިފައިވާ ފެނިވަޑައިގަންނަވާކަމަށެވެެ.

އެހެންކަމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް، ބޭންކްތަކުގެ ސީއީއޯ/މެނޭޖަރުންނާއި، ކްރެޑިޓް ރިކަވަރީ މެނޭޖަރުން ހާޒިރުކުރުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވަން އެދިވަޑައިގަންނަވާކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މި ގޮތުން، ބޭންކް އޮފް ސިލޯނާއި، ބޭންކް އޮފް މޯލްޑިވްސްއާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި، މޮރިޝަސް ކޮމާޝަލް ބޭންކާއި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން، ހަބީބް ބޭންކްގެ މެނޭޖަރުންނާއި، ކްރެޑިޓް ރިކަވަރީ މެނޭޖަރުން ހާޒިރުކޮށްދެއްވުމަށް ޖާބިރުވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: