ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ބަޖެޓް އަލުން އެކުލަވާލެއްވުމާއި 2021 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާބެހޭ މަޝްވަރާތައް ފަށައިފި

ކެބިނެޓް މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އަށްފަހު މި އަހަރުގެ ބަޖެޓް އަލުން އެކުލަވާލެއްވުމާއި 2021 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާބެހޭ މަޝްވަރާތައް ކެބިނެޓް ވަރކިންގ ސެޝަނުގައި ކުރިއަށް ގެންދަވައިފިއެވެ. 

މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކޯވިޑް-19 އަށްފަހު ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލުތަކާއެކު މިއަހަރުގެ ބަޖެޓަށް ބަދަލު ގެންނެވުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާ ކަންތައްތަކުގެ މަޢުލޫމާތު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވަނީ މި ސެޝަނުގައި ހިއްސާ ކުރައްވާފައެވެ. އަދި، ވަކިވަކި އިދާރާތަކުގެ ބަޖެޓަށް ގެންނަވާ ބަދަލުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުން ވެސް މި ސެޝަނުގައި ކުރިއަށް ގެންދަވާފައިވެއެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 އަށްފަހު ޤައުމު އާރާސްތުކޮށް އިޤްތިޞާދު އިޢާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑް-19 އަށްފަހު ގެންނަވާ ބަދަލުތަކުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް އިސްކަންދެއްވައިގެން ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: