ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް!

ޖިންސީ އަނިތަކާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި މަހުގެ 01 ވަނަ ދުވަހުއެވެ.

މި އަހަރުގެ ކުރީކޮޅު ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި އެކު މިފަދަ އެތައް މައްސަލައެއް ފުލުފުލުގައި ފެންމަތިވެގެން އައެވެ. އަދި ގިނަ މައްސަލަތަކީ ތަހުގީގީ އިދާރާތްތަކަށް ހުށަހެޅުމުން ވެސް ކުރިޔަށް ނުގެންގޮސްވަނިކޮށް، މީޑިއާތަކާއި ސޯޝަލް މީޑިއާއިން ފެންމަތިކޮށްލި ކޭސްތަކެވެ. އަދި އެތައް މައްސަލައެއް ވަނީ ތަހުގީގު ނުކުރެވި ފުނިޖެހިފައެވެ.

ޖިންސީ ގޯނާގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންނާއި މެދު ފިޔަވަޅު ނޭޅޭ މައްސަލައިގައި އާއްމުންގެ ނުރުހުން އިތުރުވަމުން އަންނައިރު ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެކި ފަހަރު މަތީން 13 އަހަރުގެ އަންހެން ދަރިފުޅު ރޭޕް ކުރި ކުއްޖާގެ ބައްޕަ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އޭރު މަޖިލީހުގެ ކޮމިޓީތައް ވެސް ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެކަމުގެ މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ދައުލަތުގެ މުވައްސަސާތައް ޒިންމާދާރުވެ، މި ފަދަކަންކަމުގައި ޝާމިލުވާ މީހުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: