ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފިނޮޅު ގޯހުން ގޯހަށް: މުސާރައިގެ ގޮތުގައި މުސްތަފާ އާއި ހަންނާނު ޖުމްލަ 10 މިލިއަން ދޭން ޖެހޭއިރު ކެއުމަށް 1.5 މިލިޔަން ރުފިޔާ ދޭން ޖެހޭ: ރިޒާ

ބޮޑު ފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުމުގެ މައްސަލަތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރަތައް ނުދީ ލަސްވުމުގެ ސަބަބުން، ބ. ބޮޑު ފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގަމުން އަންނައިރު މުވައްޒަފުންގެ މުސާރައާއި ކެއުން ދޭން ޖެހެނީ ސީލް މޯލްޑިވްސްއިން ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ. 

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ރިޒާ ވިދާޅުވީ ބޮޑު ފިނޮޅުގައި ސީލް މޯލްޑިވްސްއިން ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، ކޮންޓްރެކްޓާރ ގެ ހައިސިއްޔަތުން ތަނުގައި މަސައްކަތް ކުރަމުންދަނީ ރީޒް ޕަރައިވެޓް ލިމިޓެޑުން ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 އަދި އެ އަހަރުގެ ޑިސެމްބަރު މަހުގައި ވެފައިވާ އެބަސްވުމެއްގެ ދަށުން ކަމަށެވެ.

2018 ވަނަ އަހަރުން ފެށިގެން ރިސޯޓުގައި ރިޒް ކޮމްޕެނީއިން މަސައްކަތް ކުރިޔަށް ގެންގޮސްފައިވާއިރު މިހާތަނަށް ރިސޯޓުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ވެސް ރިޒާ ވިދާޅުވިއެވެ. އޭގެ އިތުރުން ރިސޯޓުގެ ތަރައްގީގެ މަސައްކަތްތަކުގައި ދިވެހިންނާއި ބިދޭސީން ހިމެނޭހެން 200 އެއްހާ މުވައްޒަފުން މަސައްކަތްކޮށްފައިވާއިރު ދެ ފަރާތުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރާ މީހުންގެ މުސާރައިގެ ގޮތުގައި ދޭންޖެހޭ 7000 ރުފިޔާއާއި ކެއުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މީހަކަށް ދުވާލަކަށް ދޭންޖެހޭ 40 ރުފިޔާ ދެއްކުމަށް ސީލް މޯލްޑިވްސްއިން އެބަސްވެފައިވާ ކަމަށް ރިޒާ ވިދާޅުވިއެވެ. 

ރިޒާގެ ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ޖެނުއަރީ މަހުން ފެށިގެން ހަތަރު މަހަށް ވުރެ ގިނަ ދުވަހުގެ މުސާރައިގެ ފައިސާ ދީފައި ނުވާ ކަމަށެވެ. މުސާރައިގެ މައްސަލަ ބޮޑުވެފައިވަނީ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސީލް މޯލްޑިވްސް އިން މުވައްޒަފުންނަށް މުސާރަ ދެމުންދާއިރު އެއްބަސްވެފައިވާ ގޮތުގެ މަތިން ރިޒް ކުންފުނިން މުވައްޒަފުންނަށް ސީލް މޯލްޑިވްސް ނުވަތަ ޑިވެލޮޕާރ ގެ ފަރާތުން މުސާރައިގެ ފައިސާ އާއި ކެއުމުގެ ފައިސާ ނުލިބުން ކަމަށެވެ.

އެގޮތުން އުޖޫރަ ނުދޭ މައްސަލައިގައި 16 މެއި ގައި ރިޒް ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހިމޭން އިހުތިޖާޖެއްކުރިކަން ބަޔާނުގައި ފާހަގަކުރިއެވެ. އަދި ބުނެފައިވަނީ މި އިހުތިޖާޖުގައި މުވައްޒަފުންގެ ފަރާތުން އެދިފައިވަނީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދިނުމަށާއި މުވައްޒަފުން އަނބުރާ ފޮނުވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދިނުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ބުނެފައިވަނީ އެގޮތުގެ މަތީން މުވައްޒަފުންގެ މުސާރަ ދީ މުވައްޒަފުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދިނުމަށް ކަމަށެވެ.

މި މައްސަލައިގައި ސަންގުއާއި ވެސް ވާހަކަ ދައްކަވާ ރިޒާ ވިދާޅުވީ މުވައްޒަފުން މަދު ކުރުމަށް ބުނުމުން އެންމެން ފޮނުވާލެވޭނީ މުސާރަ ދިނުމަށްފަހުކަމަށް ބުނެފައިވާނެ ކަމަށެވެ.

ރިޒާ ވިދާޅުވީ މުވައްޒަފުންނަށް މުސާރައެއް ނުދީ، ކެއުމުގެ އެއްވެސް އިންތިޒާމެއް ނެތި ކޮވިޑުގެ ހާލަތުގައި އަދި ފުރަބަންދެއްގައި ތިބެންޖެހުމުގެ ސަބަބުން ތަނުގައި ހަމަނުޖެހުމެއް ހިނގާފާނެކަމަށް އެކަން މޭއި މަހުގެ ފަހުކޮޅު ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: