ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނިންމި އެމްޑީޕީގެ 2 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން، އަނެއްކާވެސް 3 ކެންޑިޑެޓޭއްގެ ނަންއަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020 ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ވޭތުވެދިޔަ ޖޫންމަހުގެ 23 ވީ އަންގާރަދުވަހުގައެވެ. އިލެކްޝަން ކޮމިޝަނުން ހުޅުވައިލި މި ފުރުސަތުގައި މީގެކުރިންވަނީ، ފަސް ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮަސްފައެވެ.

މި ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ލ.މާވަށު ކައުންސިލްގެ ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ލ.މާވަށު/އެންދެރިމާގޭ ޢަބްދުލްމަޖީދު މާހިރާއި، އއ.ބޮޑުފުޅަދޫ ކައުންސިލް މެންބަރުކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓް، އއ.ބޮޑުފުޅަދޫ/ދެތަނޑިމާގޭ ޙަސަން ނާފިޢުއާއި، ނ.މާޅެންދޫ ކައުންސިލް މެންބަރުކަމަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓް، ނ.މާޅެންދޫ/ރިސާދުގޭ މުޙައްމަދު ރަޝީދުގެ ނަންވަނީ އަންބުރާ ގެންގޮސްފައެވެ. މީގެ އިތުރުން، އަންހެނުންގެ ށ.މަރޮށީ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެގޮނޑިއަށް، ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓް، ށ.މަރޮށީ/ދުންފިނިގެ ނަސްފާ މުޙައްމަދު ސަޢީދުއާއި، ގއ.ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެގޮނޑިއަށް އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ގއ.ކޮނޑޭ/ދޯދި ފާޠިމަތު ސަޢީދާ ޚާލިދުގެ ނަންވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.

މި ކެންޑިޑޭޓުންގެ އިތުރުން، ހއ.މުރައިދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ހއ.މުރައިދޫ/ހިޔަލީގޭ މިޢުނާ ޙަސަންއާއި، ހއ.އުލިގަމު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ހއ.އުލިގަމު ނޫކޮކާގޭ ނިޢުމާ އަބޫބަކުރުގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުރާސްފަތިދުވަހު ވަނީ ބުނެފައެވެ.
މީގެ އިތުރުން، ތ.ވަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ތ.ވަންދޫ ދަނބުގޭ އާމިނަތު ޝިފާނާގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެކިއެކި ދާއިރާތަކަށް ޖުމްލަ 983 ކައުންސިލަރުން އިންތިޚާބުކުރާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރަން ނިންމާފައިވަނީ 877 ކެންޑިޑޭޓުންނެވެ. މީގެ އިތުރުން އިދިކޮޅު ޕީޕީއެމްއިން ކުރިމަތިލާފައިވަނީ ޖުމްލަ 675 ކެންޑިޑޭޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: