މުސާރަ ނުދީގެން ދިވެހިންގެ ބިމުގައި، ބިދޭސީންތަކެއް ވެގެން ދިވެހިން ރަހީނުކުރުމުމުން އެކަމަށް ”އޯކޭ“ ވެގެން ތިބުން އެއީ ގައުމަށް ގައްދާރުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މުސާރައިގެ މައްސަލައިގައި، ބިދޭސީންތަކެއް ދިވެހިން ރަހީނު ކުރުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. އެތައް ދުވަހެއް ވަންދެން، މުސާރައިގައި މައްސަލަޖެހި އެކަމަށް ހައްލެއް ނުލިބުމުން ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުން އައި ބިދޭސީންތައް ވަނީ އެ ތަށުގައި ތިބި ދިވެހިންތައް ރަހީނުކޮށްފައެވެ.
އެ އަމަލާއި ގުޅިގެން ބ އަތޮޅު ހިމެނޭ ރީޖަންގެ ފުލުހުން ދެ ފަހަރެއްގެ މަތީން ރަށަށް އެރުމަށް މަސައްކަތް ކުރުމުން ވެސް ވަނީ، ބިދޭސީން ގެންގުޅުނު ތޫނު ހަތިޔާރުތަކުގެ ދަބަބުން ރަށަށް ނޭރިފައެވެ. ބޮޑެތި ދަގަނޑުތަކާއި، ގާތައް، އަދި ހިމަ ދަގަނޑުކޮޅު އެ މީހުން ވަނީ އުޅަނދަށް އަމާޒުކޮށް އުކާފައެވެ. އަދި އޭގެ ސަބަބުން ގިނަ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެސް ވިއެވެ.
މަޝްރަހު ހޫނުވެ، އެންމެ ފަހުން މާލެއިން އެސްއޯގެ ޓީމަކާއި ފުލުހުންގެ ޓީމެށް ތުޅާދޫއަށް ފުރިއެވެ. ރަށަށް އެރޭ ގޮތް ވީ ހެނދުނުގެގެ 06:00 ހާއިރުއެވެ. އަދި އޭރު ދިޔައީ ބަންގްލަދޭޝް އެމްބަސީގެ އޮފިޝަލުންނާއި ޓްރާންސްލޭޓާރ އަކާއި އެކުއެވެ. އަދި މަޝްވަރާތައް ކުރުމަށްފަހު ބިދޭސީންތައް އެންމެފަހުން އަމާންދިނެވެ.
މިއީ ބިރުވެރި އަދި ކުރިޔަށް އޮތް ތަނުގައި ވެސް ތަކުރާރު ވެދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މި މައުޟޫއަށް ސޯޝަލް މީޑިއާގައި އެކި ގޮތް ގޮތަށް ވާހަކަތައް ދެކެވޭއިރު ބައެއް މީހުން ވަނީ ބިދޭސީންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އަދި 07 މަސް ދުވަސް ވަންދެން އެހެން މުސާރައެއް ނުލިބި ފަޅު ރަށެއްގައި ތިބެންޖެހުމުން ކޮންމެ މީހަކަށް ވެސް އެހެން ވާނެކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
Bidheyseen ge haggu hoadhan Raajjeyge Court thah, HRCM, LRA adhi minoonves ethah qanoony inthizamthakeh hurey. Bidheysyn, Dhivehi bimugai, Dhivehin raheenukoh, mudhalah gellun dhinumakee, musaara nulibumun OK kameh kamuga dhushun e ee Qawm ah gaddhaaruvun kamah Alhugandu dheken!
— Mariya Didi ???? (@MariyaDidi) July 3, 2020
ރަހީނު ކުރި މައްސަލައިގައި ޓްވީޓެއް ކުރައްވާ މާރިޔާ ވިދާޅުވީ، ދޭސީންގެ ހައްގުތައް ހޯދުމަށް ރާއްޖޭގެ ކޯޓުތަކާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީ ފަދަ ގާނޫނީ އިންތިޒާމުތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އެ އިދާރާތްތައް މެދުވެރިކޮށް ބިދޭސީންނަށް އެހީތެރިކަން ހޯދޭންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މާރިޔާ ވިދާޅުވީ، ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުމުން ކުރުން ”އޯކޭ“ ކަމެއް ކަމަށް ދެކުމަކީ އޭނާގެ ނަޒަރުގައި ގައުމަށް ގައްދާރުވުން ކަމަށެވެ.

އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީންގެ ތެރެއިން 19 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މީހުންނާއި މެދު އަމަލު ކުރަންޖެހިފައިވާ އުސޫލެއް އަދި ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރަށުގައި ތިބި ބިދޭސީންގެ މުސާރައަކީ 7،000 ރުފިޔާއެވެ. އަދި އެއްވެސް މީހަކަށް މުސާރައެއް ނުދޭއރު މިދިޔަ ރޯދަ މަހު އިނާޔަތް ދީފައިވެއެވެ.

