ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ތަނެއް: ގާޒީ ނަޖީބް

ގާޒީ ކަމުން އިސްތިއުފާ ދެއްވި ހަސން ނަޖީބް: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ތަނެއް ކަމަށް ގާޒީ ހަސަން ނަޖީބް ވިދާޅުވެއްޖެއެވެ. 

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ހަސަން ނަޖީބް އިސްތިއުފާ ދެއްވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ ނިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އިންސާފް ލިބިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މިހާރު އޮތް މަޖިލީޙުން ނިންމުންތައް ނިންމަނުން ދަނީ ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށް ވެސް ހަސަން ނަޖީބް ވިދާޅުވިއެވެ. 

ރައްޔހިތުންގެ މަޖިލީހަށް ފާޑުވިދާޅުވެ ހަސަން ނަޖީބް ގާޒީ ކަމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. 

ގާޒީ ހަސަން ނަޖީބް މަގާމުން ވަކިކުރުމަށް ނިންމައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ގާޒީ ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ ވިލިގިނލީ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ގާޒީ ހަސަން ނަޖީބް މަސައްކަތް ކޮށްފައިވާ ކަމަށާއި، އަދި ކެންޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ގާޒީ ހަސަން ނަޖީބް ބައިވެރިވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ކައުންސިލް އިންތިހާބުގައި ގއ ވިލިގިނލީ ދާއިރާއަށް ވާދަކުރެއްވި އެހެން ކެންޑިޑޭޓެއްގެ ކެންޑިޑޭސީ ނާތިލް ކުރުމަށް ގާޒީ ހަސަން ނަޖީބް މަސައްކަތް ކުރެއްވި ކަމަށް ވެސް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން ގާޒީ ހަސަން ނަޖީބާއި ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގު ކުރި އެހެން މައްސަލަތަކުގެ ތަފްސީލް ވެސް ބަޔާނުގައި ވަނީ ހިމަނާފައެވެ، އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ހޯއްދެވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި، ގާޒީ ހަސަން ނަޖީބް އެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

ޖޭއެސްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ގާޒީ ހަސަން ނަޖީބް ވަނީ ގއ ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައި އެކަށައެޅިފައިވާ ގާނޫނީ އަސާސްތަކާއި ކަނޑައެޅިގެން ހިލާފަށް ދެ މީހަކު ހައްޔަރު ކުރުމުގެ އަމުރެއް އަމިއްލައަށް ވަނީ ނެރެފައެވެ. އަދި ތަހުގީގީ އެއްވެސް އިދާރާއަކުން ހުށަހަޅާފައި ނެތް މައްސަލައެއްގައި ގާޒީ ހަސަން ނަޖީބް އެ އަމުރު ނެރެފައިވާކަން ޖޭއެސްސީން ކުރި ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އެހެން ކަމުން ގާޒީ ނަޖީބްގެ އެ އަމަލުތަކަކީ ގާނޫނުއަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި ހިލާފް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި ވެސް ހިލާފް އަމަލުތަކެއް ކަމަށް ކަނޑައަޅައި ގާޒީ ހަސަން ނަޖީބް ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: