ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗް ކްލަސްޓާއާއި ގުޅުންހުރި މީހަކު ކޮވިޑް ބަލީގައި ނިޔާވެއްޖެ

ސަރުކާރުން ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދީފަ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގެ ކްލަސްޓާއާއި ގުޅުން ހުރި، މީހަކު ކޮވިޑް ބަލީގައި ނިޔާވެއްޖެއެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 12 ވަނަ މީހާ އެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ މިއަދު ފަތިހު ކޮވިޑްއަށް ޕްޒިޓިވްވެފައިވާ އުމުރުން80 އަހަރުގެ ދިވެހި ފިރިހެނަކު އިތުރު ފަރުވާ ދިނުމަށް ޑީއެޗް 11 ގައި އެޑްމިޓް ކުރެވުނު ކަމަށެވެ. އަދި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

އައިޖީއެމްއެޗްގެ ކްލަސްޓާއާއި ގުޅުން ހުރި، ހުޅުމާލޭގެ ކުޑަކުދިންގެ ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެތަނުގައި ތިބި ބައެއް ކުދިންނާއި، ސްޓާފުން ވަނީ އެކަހެރިކޮށްފިއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި 11 ދުވަސް ވަންދެން ފަރުވާ ދެމުން ދިޔަ އިންޑޮނޭޝިއާ މީހަކަށް ކޮވިޑު ޖެހިފައިވާކަން އެނގުނީ އޭނާ ނިޔާވުމުން ބައްޔަށް ޓެސްޓު ކުރުމަށްފަހުއެވެ. އެ ކޭސްއާއި ގުޅިގެން އައިޖީއެމްއެޗްގެ 40 އަށް ވުރެ ގިނަ ނަރުހުން ބައްޔަށް ޓެސްޓުކުރިއިރު ގިނަ އަދަދެއްގެ ޕޭޝަންޓުން ވެސް ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި ފަރުވާދީ ގެއަށް ދޫކޮށްލި މީހުން ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: