ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕް ކޭސްތަކުގައި އެވިޑެންސް ކިޓް ބޭނުން ކުރުމަށް ލާޒިމްކުރާ އިސްލާހެއް ހުށަހަޅައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕް ކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރުމަށް ލާޒިމްކުރާ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ،

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ފޮރެންސިކް ތަހުލީލެއްކޮށް ފޮރެންސިކް ހެކި ހޯދުން ލާޒިމުކުރާ ގޮތަށްވެސް އިސްލާހު ގެންނަން ހުށަހަޅާފައިވެއެވެ.

ޖިންސީ ކުށުގެ ޤާނޫނަށް މާއްދާއެއް އިތުރު ކުރުމަށް ހިސާން ހުށަހެޅުއްވި އިސްލާހުގައި ޖިންސީ ގޯނާގެ ޝިކާރައަށްވާ ވިކްޓިމްގެ ހަށިގަނޑުންނާއި އަންނައުނުން ސާމްޕަލް ނަގައި، ފޮރެންސިކް ތަހުލީލެއް ކުރަން ޖެހެއެވެ.

މީގެ އިތުރުން އެ އިސްލާހުގައި ވިކްޓިމް ލައިގެން ހުންނަ ހެދުމުންނާއި ހަށިގަނޑުން ހަ ސާމްޕަލްއެއް ނަގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިއެވެ. އެއީ ލެއާއި ކުޑަކަމުދާ ތަކެތިންނާއި، ނިޔަފައްޗާއި ނިޔަފަތީގެ ދަށުންނާއި، ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުންނާއި، އަނގައިންނާއި، އިސްތަށިތަކުންނެވެ.

ބިލުގައި ބުނާ ގޮތުން ސިއްހީ ހިދުމަތް ދޭ ތަނަކަށް ޖިންސީ ޝިކާރައިގެ އަނިޔާ ލިބިފައިވާ ވިކްޓިމަކު އަތުވެއްޖެނަމަ ވަގުތުން ސޯޝަލް ސާވިސް ޑިޕާޓްމަންޓްއަށް އަންގައި، ލަސްނުކޮށް ސާމްޕަލްތައް ނަގަން ޖެހެއެވެ.

މީގެ އިތުރުން އެ ގޮތަށް އަމަލު ނުކުރުމަކީ ކުށެއް ކަމަށް ބިލުގައި ބަޔާން ކޮށް، އަދަބަކީ އެއް އަހަރާއި ތިން އަހަރު ޖަލު ހުކުމެއް ކަމަށް ބިލުގައި ބުނެ އެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެވިޑެންސް ކިޓް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހެ އެވެ.

ސިއްހީ ހިދުމަތް ދޭ ތަނަކުން ކިޓް ބޭނުން ކޮށްގެން ނަގާ ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށާއި ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްހީ މަރުކަޒެއްގައާއި ހޮސްޕިޓަލެއްގައި ހުންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލުގައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ ބާބެއް ވެސް ހިމަނާފައިވެއެވެ. އެ ގޮތުން މިފަދަ މައްސަލައެއް ފުލުހަށް ރިޕޯޓް ކުރުމުން ލަސްނުކޮށް ވިކްޓިމް ހޯދައި އޭނާގެ ރުހުމާއެކު ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންގޮސްދޭން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ފުލުހަށް މައްސަލައެއް އަތުވުމުން ވެސް ސޯޝަލް ސާވިސް ޑިޕާޓްމަންޓަށް އަންގަން ވާނެ ކަމަށް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: