ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ހަރުކަށި ފިޔަވަޅުތައް އަލުން އެޅުމަށް މައުމޫން ގޮވާލައްވައިފި

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމާއެކު، ހާލަތު ބަދަލުވެ ކޮވިޑްޖެހޭ މީހުން އިތުރުވެ، މަރުވާ މީހުންވެސް އިތުރުވަމުންދާތީ ލޮކްޑައުންއަށް ދީފައިވާ ލުއިތައް ނެގުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް ފެތުރެމުންދާ މިންވަރާއި މަރުވާ މީހުންގެ އަދަދަށް ބަލާއިރު ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް އަޅަން ޖެހިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮވިޑް ހާލަތު ބަދަލުވަމުން އަންނާތީ އަލުން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައި އަދި އެ ފިޔަވަޅުތައް ހަރުކަށިކަމާއެކު ތަންފީޒު ކުރުމަށް ކަމާއިބެހޭ އިދާރާތަކަށް ގޮވާލައްވާ ކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވެއެވެ.

ކޮވިޑް-19 ޖެހިގެން އިއްޔެ އާއި މިއަދު ވަނީ ދުވަސްވީ ދެ މީހަކު މަރުވެފަ އެވެ. އެއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފަ އެވެ.

އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް ރާއްޖެ އިން ވަނީ 2،469 މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 1،279 ދިވެއްސަކާއި ބަންގްލަދޭޝްގެ 876 މީހަކާއި އިންޑިއާގެ 227 މީހަކާއި ނޭޕާލްގެ 44 މީހަކާއި ސްރީ ލަންކާގެ 19 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އަދި ”އެހެނިހެން“ ކެޓަގަރީގައި 10 މީހަކު ހިމެނެ އެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިންފަހުން ލުއިތައް ދިން ފަހުން އެންމެ ގިނައިން ޕޮޒިޓިވް ކޭސްތައް ފެނުނު ދުވަހަކީ އިއްޔެ އެވެ. އެގޮތުން އިއްޔެ ވަނީ 33 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ފުރަތަމަ އަމަލުކުރަން ފެށި އުސޫލު ދޫކޮށްލުމުން، އެ ހޮސްޕިޓަލްގެ ތެރެއިން ބަލި ޖެހުނު މީހުންނާއި އެ މީހުންގެ ކޮންޓެކްޓުން ހިމެނޭ ކްލަސްޓާ ބޮޑުވާންވެސް ވަނީ ފަށައިފައެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި އެ ކޭސްއާ ގުޅިގެން ފިޔަވަތީގެ ގިނަ އަދަދެއްގެ ކުދިންނާއި މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް އެޗްޕީއޭ އިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: